ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

STO_Ads
TTH_Ads
Maldivian_Ads
Advertisement

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ދެ ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެއެވެ.

ކޯސްތައް ފުރިހަމަކޮށް ދަސްވެރިނިވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ “ފެމިލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯސް-18” ނިންމި 25 ފުލުހަކާއި، “ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް-7” ނިންމައި، 29 ބައިވެރިންނެވެ.

ފެމިލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯހަކީ ގެވެށި އަނިޔާއާއި ޖިންސީ ކުށުގެ އަނިޔާއަށް ހުށަހެޅޭ ފަރާތްތަކާއެކު މަސައްކަތްކުރާ ތަހުގީގު އޮފިސަރުންނަށް ޚާއްޞަ ތަމްރީނު ދިނުމަށާއި، ތަހުގީގުތަކުގައި ކުޑަކުދިންނާ ސުވާލުކުރުމުގެ ހުނަރު އިތުރަށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ޖުލައި 26 އިން އޮގަސްޓު 11 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯހުން އެއްވަނަ ހޯދާފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ރިޝްވީނާ އަޙްމަދެވެ.

HajjCop_ads
Advertisement

ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯހަކީ ކުށުގެ ވެށި ތަހުގީގުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި، ކުށުގެ ވެށީގައި އަމަލީގޮތުން ހަރަކާތްތެރިވާނެ ގޮތުގެ ތަޖުރިބާ ފޯރުކޮށްދީ، ޤާބިލު އޮފިސަރުންތަކެއް ތަމްރީނުކުރުމަށް ފަރުމާކުރެވިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯހުގެ ތެރެއިން ފޮރެންސިކް ސައިންސް، މާއްދީ ހެކި، ޑީއެންއޭ، ފިންގަރޕްރިންޓް، ޑޮކިއުމެންޓް އެގްޒަމިނޭޝަން އަދި ޑިޖިޓަލް އެވިޑެންސްގެ އިތުރުން ސީން އޮފް ކްރައިމް އޮފިސަރެއްގެ ޤާނޫނީ ޒިންމާތަކާއި، ހެކި ނެގުމާއި ރައްކާތެރިކުރުމުގެ އިޖުރާއަތްތައް އުނގަންނައިދީފައިވެއެވެ. އަދި އޮފިސަރުންގެ ރިޕޯޓް ތައްޔާރުކުރުމާއި، ކޯޓުތަކުގައި ހެކިބަސްދޭނެ ގޮތްތައް ވެސް ވަނީ ދަސްކޮށްދީފައެވެ. އޮގަސްޓް 2 އިން ސެޕްޓެމްބަރު 3ގެ ނިޔަލަށް ހިންގި މިކޯހުން އެއްވަނަ ހާސިލުކުރީ ފޮރެންސިކް އެނަލިސްޓް އަސިޔަތު މަންހަތު މުޙައްމަދެވެ.

މި ދެ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިންގ އެންޑް އެޑިއުކޭޝަން ޑައިރެކްޓަރ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ސަޢީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Nimaal

ހައިވޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި އެންމެން ޑްރަގަށް ޕޮޒިޓިވްވެއްޖެ

B 0RhA4o2amoyZSAf3DtVFfWcHY

މާލޭގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފި، އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ!

police

ވަގަށް ނަގާފައިވާ ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވި ބިދޭސީ ދެ މީހަކު މާލެއިން ހައްޔަރުކޮށްފި

Hulhumale

ވީޑިއޯއިން ފެންނަނީ ހުޅުމާލޭގައި ކުޅޭކުޅޭ ބަޑިތަކެއް ގެންގުޅޭ މަންޒަރު: ފުލުހުން