ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ އޮތް 59 ފަރާތުގެ ލިސްޓު އާންމުކޮށްފި

MMA
STO_Ads
Maldivian_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ހުއްދަ ދޫކޮށްފައިވާ 59 ފަރާތުގެ ލިސްޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށް، އެ އޮތޯރިޓީގެ ލައިސަންސް ނެތި އެފަދަ މުއާމަލާތްތައް ކުރާ ފަރާތްތަކާއެކު މުއާމަލާތް ނުކުރުމަށް އިލްތިމާސްކޮށްފިއެވެ.

އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތުން ޤާނޫނު ނަންބަރު 2024/32 (ބޭރު ފައިސާއާބެހޭ ޤާނޫނު) އަދި މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދުގައި، ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެމްއެމްއޭގެ ލައިސަންސް އޮވެގެންކަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އެ މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.

HajjCop_ads
Advertisement

އެމްއެމްއޭގެ ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކުށެއް ކަމަށްވާތީ، އެއްވެސް ފަރާތަކުން އެފަދަ ލައިސަންސް ނެތް ފަރާތްތަކާއެކު ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތް ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި، 09 ސެޕްޓެންބަރު 2026 ގެ ނިޔަލަށް ލައިސަންސް ދޫކުރެވިފައިވާ 59 ފަރާތުގެ މައުލޫމާތު މި ނޫސް ބަޔާނާއެކު ވަނީ އާންމުކުރެވިފައެވެ. އަދި ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ އަދާހަމަ ލިސްޓު އެމްއެމްއޭގެ ވެބްސައިޓް www.mma.gov.mv އިން ފެންނަން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން، އެއްވެސް ފަރާތަކުން ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތެއް ބޭންކެއް ފިޔަވައި އެހެން ފަރާތަކާއެކު ކުރާނަމަ، އެ މުއާމަލާތެއް ކުރެވެނީ ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކާއެކުކަން ކަށަވަރުކުރުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ. އަދި އެފަދަ މުއާމަލާތްތައް ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރި ކަމުގެ 65 މައްސަލައެއް ބަލަނީ

ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމަށް ކުރި ޚަރަދު 3.8 ބިލިޔަން

MMA

ރީ-އެމްޕްލޯއިމަންޓް ޤާނޫނުގެ ދަށުން އެމްއެމްއޭއިން ވަޒީފާދޭ އުސޫލު އާންމުކޮށްފި

MMA

ޕީއެސްޕީތަކުގެ މާލީ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އެމްއެމްއޭއިން މުހިންމު ފިޔަވަޅުތަކެއް