ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭސީސީގެ އިސް ބޭފުޅުންނަށް ޚާއްސަކޮށްގެން ލީޑަރޝިޕް ޓްރެއިނިންތަކެއް ފަށައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ އިސް މުވައްޒަފުންނަށް ޚާއްސަކޮށްގެން ލީޑަރޝިޕް ޓްރެއިނިންތަކެއް ފަށައިފިއެވެ.

މިއީ މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން އޭސީސީގެ އިސްމަގާމުތަކާއި މެނޭޖަރުންގެ ލެވެލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން “އިސްދާނަ – ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމް” ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސެޝަންތައް ކުރިއަށް ގެންދަނީ މެނޭޖްމަންޓް ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ހާސިލުކޮށްފައިވާ ފެސިލިޓޭޓަރުން ކަމަށް އެމްނާކާއިން ވިދާޅުވެއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް މިއަދު ފަށާފައިވާއިރު ޕްރޮގްރާމް ކުރިއަށްދާނީ ހަތަރު މަސްދުވަހުގެ މުއްދަތަކަށެވެ. މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައިވަނީ ބައިވެރިންގެ ލީޑަރޝިޕް އަދި މެނޭޖީރިއަލް ގާބިލުކަން އިތުރުކުރުމަށް ކަމަށާއި މުވައްޒަފުން މެނޭޖުކުރުމާއި، މަސައްކަތްތަކުގެ ނިޒާމުތައް ހިންގުން އަދި މަސައްކަތުގެ ނަތީޖާ ހާސިލުކުރުމުގެ މައްޗަށް ބިނާކޮށް، ހިންގުމުގެ ދާއިރާގެ މުހިންމު ތިން ބަޔަކަށް އިސްކަންދެވޭނެ ކަމަށް އެމްނާކާއިން ވިދާޅުވެއެވެ.

HajjCop_ads
Advertisement

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އޭސީސީގެ މެންބަރު އަޙްމަދު ނާޝިދު ވަނީ ލީޑަރޝިޕްގެ ދާއިރާއިން މަޢުލޫމާތާއި ހުނަރު އުނގެނުމުގެ މުހިންމުކަމާއި، އުނގެނޭ ކަންކަން މަސައްކަތުގެ މައިދާނުގައި ޢަމަލީގޮތުން ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި އެމްނާކާގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ޠައްޔިބު ވަނީ ސެލްފް ރިފްލެކްޝަންގެ މުހިންމުކަމާއި، މަސައްކަތުގެ ޒިންމާ އަމިއްލައަށް އުފުލުމުގެ އިތުރުން ޖަވާބުދާރީވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ތަމްރީނު ސިލްސިލާގެ ސަބަބުން ކޮމިޝަނުގެ ހިންގުން އިތުރަށް ހަރުދަނާވެ، މަސައްކަތުގެ
މާހައުލުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި މެނޭޖްމަންޓްގެ ގާބިލުކަން އިތުރުވާނެ ކަމަށް އޭސީސީން ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު