ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވުޒާރާތަކުގައި އަލިފާން ރޯކޮށްލި މީހާ ފުލުހުންނަށް އެނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވި މައްސަލަ ބަލަނީ

Yameen PNF
TTH_Ads
Maldivian_Ads
STO_Ads
Advertisement

ސަރުކާރުގެ ތިން ވުޒާރާއެއްގައި އަލިފާން ރޯކޮށްލި މީހާ ފުލުހުންނަށް އެނގޭ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވާތީ، އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރުމަށާއި، ފުލުހުންގެ މައްޗަށް ކުރެއްވި ތުހުމަތުތައް ތަޙުޤީޤުކުރުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިޙްސާން ބުނެފައިވަނީ، ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ ތަޙުޤީޤީ މާހިރުން ގުޅިގެން ހިންގި ތަޙުޤީޤުން އެނގިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށެވެ. އަދި އެ މައްސަލައިގައި އެއްވެސް މީހަކަށް ޖިނާއީ ތުހުމަތެއް ކުރެވޭފަދަ އެއްވެސް ހެއްކެއް ތަޙުޤީޤަށް ލިބިފައިނުވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، 5 ސެޕްޓެމްބަރު 2026 ގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި، އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭ ކަމަށް މުތުލަގުކޮށް ވިދާޅުވެފައިވާ ކަމަށް އިޙްސާން ވިދާޅުވެފަވެއެވެ. އެހެންކަމުން، މި މައްސަލައިގައި ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކޮށް، ތަޙުޤީޤުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ބެއްލެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދަންނަވާފައިވާނެ ކަމަށް ވަޒީރު ވިދާޅުވެފަވެއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަޙުޤީޤުކޮށްދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ހުށަހަޅުއްވާފައިވާނެ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

 

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޔާމީނާއެކު ވެސް މަސައްކަތް ކުރަން ތައްޔާރު: ނަޝީދާއި އިބޫ

900

ކޯޓަށް ނާންގައި ދިއްދޫއަށް ވަޑައިގަތުމުން ޔާމީނަށް ފިޔަވަޅު އަޅަންޖެހިދާނެ: ކްރިމިނަލް ކޯޓް

B ld5np0vyfiam9oknm0avej5s9

ޖޭޕީންވެސް ޔާމީނަށް ގާނޫނީ ފިޔަވަޅު އަޅަނީ