އަމީނީމަގުގައި ހުރި ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ތަހުގީގަށް ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގި ޗިޓާ ހަވާލުވެވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވައިފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުން މިގޮތަށް ވިދާޅުވެފައިވަނީ ފާއިތުވި އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުގައި ހައުސިން މިނިސްޓްރީ ތެރޭގައި ރޯވި ހާދިސާއާ ގުޅޭގޮތުން މިމަހުގެ 5 ވަނަ ދުވަހު ޔާމީން ދެއްކެވި ވާހަކައަށް ރިއާޔަތްކުރަމުންނެވެ. ޔާމީން ވަނީ މި ހާދިސާއަކީ ގަސްތުގައި ރާވައިގެން ކުރި ކަމެއް ކަމަށާ ހާދިސާ ހިންގި ފަރާތް ފުލުހުންގެ މުއައްސަސާއަށް އެނގޭ ކަމަށް ވިދާޅުވެފައެވެ. ޔާމީންގެ އެ ތުހުމަތާ ގުޅިގެން އެމަނިކުފާނާ ސުވާލުކުރެއްވުމަށް ޗިޓެއް ހަވާލުކުރި ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.










ކިޔުންތެރިންގެ ހިޔާލު