ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސާކްގެ ލަނޑުތަކުން ލިވަޕޫލަށް ސީޒަނުގެ ފުރަތަމަ މޮޅު

4817
STO_Ads
TTH_Ads
Maldivian_Ads
Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ލިވަޕޫލް ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި އިޕްސްވިޗް ޓައުން އާއި ދެކޮޅަށް ކުޅުނު މި މެޗުން ލިވަޕޫލް 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު މި މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްޒެންޑަރ އިސާކްއެވެ. އިޕްސްވިޗްގެ ޕޯޓްމަން ރޯޑްގައި ތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 6 ވަނަ މިނިޓުގައި އެލެކްޒެންޑަރ އިސާކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ. އަދި އޭގެ ތިން މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.

މި މެޗުގައި ލިވަޕޫލް އިން ޖެހި ދެ ލަނޑު އިސާކް ކާމިޔާބުކުރިއިރު މި ދެ ލަނޑުވެސް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ކޯޑީ ގެކްޕޯއެވެ.

HajjCop_ads
Advertisement

އިސާކް މި މެޗުގައި ދެ ލަނޑު ޖަހާފައިވާއިރު މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން 125 މިލިއަން ޕައުންޑްގެ ފީއަކަށް ނިއުކާސަލް ޔުނައިޓެޑް އިން ލިވަޕޫލް އާއި އޭނާ ގުޅުނު ފަހުން އެއް މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ލިވަޕޫލްގެ ކޯޗު ކަމާއި މި ސީޒަނުގައި އަލަށް ހަވާލުވި އެންޑޮނީ އިރައޯލާގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި އެ ޓީމުން ތިން މެޗު ކުޅެފައިވާއިރު ފުރަތަމަ ކުޅުނު ދެ މެޗުވެސް ވަނީ އެއްވަރުވެފައެވެ. އަދި ލީގުގައި މިއީ އެ ކްލަބު މި ސީޒަނުގައި މޮޅުވި ފުރަތަމަ ފަހަރެވެ.

އިރައޯލާ ވަނީ މެޗުގެ 64 ވަނަ މިނިޓުގައި އެ ޓީމާއި އަލަށް ގުޅުނު ބްރެޑްލީ ބާކޯލާ ކުޅެން އަރުވާފައެވެ.

ފުރަތަަމަ މެޗުގައި އަމިއްލަ ދަނޑުގައި ލީގުގައި ސަންޑަލެންޑް އަތުން އިޕްސްވިޗް މޮޅުވިނަމަވެސް، އޭގެ ފަހުން ކުޅުނު ދެ މެޗުން މިވަނީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަތުން ބަލިވެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HRYGZ5DaUAAEvMk

މާލެ ސަރަހައްދުން 426 ބިދޭސީން ބަލާ ފާސްކޮށް 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

police

މިދިޔަ މަހު އެކަނިވެސް ފުލުހުންނަށް 1000އަށްވުރެ ގިނަ މައްސަލަ

police CP

ފުރިހަމަ ވަޞީލަތާއި ތަމްރީންތަކާއެކު ފުލުހުންގެ ޤާބިލުކަން އިތުރުވާނެ: ކޮމިޝަނަރ

Ihsaan

މިހާރު ގެންނަ ބަދަލުތަކުން ފުލުހުންގެ ޚިދުމަތް، ރައްޔިތުން އެދޭ ޚިދުމަތަކަށް ބަދަލުވާނެ: އިޙްސާން