އެމެރިކާގެ އަސްކަރިއްޔާގައި ހަތިޔާރު  މަދުވެފައިވާ ކަމަށް ދައްކާ ވާހަކަތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދޮގުކޮށްފިއެވެ.

ޓްރަމްޕްގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނީ، އެމެރިކާ އަސްކަރިއްޔާގައި ހަތިޔާރުގެ ސްޓޮކް މަދުވެފައިވާ ކަމަށް ވާހަކަތައް ފަތުރަމުން ގެންދަނީ އެމެރިކާގެ ޚިޔާނާތްތެރިން ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްވަނީ، އެމެރިކާ އަސްކަރިއްޔާގައި ހަތިޔާރުގެ ސްޓޮކް މަދުވަމުންދާ ކަމަށް ބުނެ ރިޕޯޓްތައް ފަތުރަމުންދާ މީޑިއާތަކަށްވެސް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައެވެ.

އިޝްތިހާރު އިޝްތިހާރު

ޓްރަމްޕް ބުނީ، އީރާނު ހަނގުރާމައާ ގުޅޭގޮތުން އެ މީޑިއާތަކުން ފަތުރަމުންގެންދަނީ ހަގީގަތާ ޚިލާފް ދޮގު ވާހަކަތަކެއް ކަމަށެވެ.

އެމެރިކާގެ ރައީސް ބުނީ، އެމެރިކާ އަތުގައި ގާތްގަނޑަކަށް ލިމިޓެއް ނެތް މިންވަރަކަށް މެދުމިނުގެ އަދި އެންމެމަތީ މިނުގެ ހަތިޔާރު އެބަހުރި ކަމަށާއި، ހަނގުރާމައެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންވާ މިންވަރަށް ވުރެންވެސް ގިނައިން އެމެރިކާގައި ހަތިޔާރު އެބަހުރި ކަމަށެވެ.

ޓްރަމްޕް ބުނީ، ޓްރަމްޕް މީގެކުރިން ދުނިޔެ ނުދެކޭފަދަ ފެންވަރުގެ ހަތިޔާރު އެމެރިކާއިން އުފައްދަމުން ގެންދާ ކަމަށާއި، ކުއްލިއަކަށް ބޭނުންވެދާނެ ހަތިޔާރުގެ ސްޓޮކްވެސް އެމެރިކާއިން ކަށަވަރުކުރަމުން ގެންދާ ކަމަށެވެ.

އެމެރިކާއިން އުފައްދަމުންގެންދާ އައު ހަތިޔާރުތައް ބޭނުންކުރަނީ އެމެރިކާ ސިފައިން ކަމަށާއި، އެހެން ބަޔަކަށް އެ ހަތިޔާރު އަދި ނުވިއްކާ ކަމަށާއި، އެކަމަކު އެކުވެރި ގައުމުތަކަށް އެފަދަ ހަތިޔާރު ވިއްކުން ވަރަށް އަވަހަށް ފަށާނޭ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

އެކިއެކި މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ބުނަނީ، ހަތިޔާރުގެ ދަތިކަމާހެދި އެމެރިކާއިން މަސައްކަތް ކުރަނީ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނެސް، ހަނގުރާމައިން އަތްދޫކޮށްލުމަށެވެ. އެމެރިކާގެ ރައީސް އެކަން ވަރަށް އަވަހަށް އިއުލާން ކުރާނޭ ކަމަށްވެސް ބުނަމުން ގެންދެއެވެ.