މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޑރ. އަޙްމަދު ރިޔާޒް އައްޔަނުކުރައްވައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އެ ބިއުރޯގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޑރ. އަޙްމަދު ރިޔާޒް އައްޔަނުކުރައްވާފައި ވަނީ މި ހިނގާ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ.
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު ބަޔާންކުރާ ގޮތުގައި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެހައި ކަންކަން ހިންގަވާނީ މިނިސްޓަރ އޮފް ފައިނޭންސްގެ ލަފާގެ މަތިން ޗީފް ސްޓެޓިސްޓީޝަނެވެ. އަދި އެ ގާނޫނުގައި ވާގޮތުގެ މަތިން، އެ ބިއުރޯއާ ގުޅޭ އެންމެހައި ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނީ ވެސް ފިނޭންސް މިނިސްޓަރެވެ.

ގައުމީ ފެންވަރުގައި ތަފާސްހިސާބު އެއްކުރުމާއި، އެ މައުލޫމާތުތައް ދިރާސާކޮށް އާންމުކުރުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ މި ބިއުރޯގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ޑރ. އަޙްމަދު ރިޔާޒް ހަމަޖެއްސެވުމާ ގުޅިގެން، ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.










ކިޔުންތެރިންގެ ހިޔާލު