ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސުލްޖުމްހޫރިއްޔާ، ނޯވޭގެ އައު ރަސްގެފާނަށް ތަހުނިޔާ ފޮނުއްވައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ނޯވޭގެ ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގަތުމާ ގުޅިގެން، އެޤައުމުގެ ރަސްގެފާނު ހޯކަން 8 ވަނައަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ނޯވޭގެ އައު ރަސްގެފާނު، ހޯކަން 8 ވަނަ، ރަސްކަމުގެ ތަޚުތަށް ވެޑުވީ އެކަމަށް ޚާއްސަކުރެވިގެން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި އިހުތިފާލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖުގައި، ނޯވޭގެ ރަސްކަމުގެ ދިގު ތާރީޚީ އާދަކާދަތަކާއި ދެމެހެއްޓެނިވި އަގުތައް ނަގަހައްޓަވައި، އެޤައުމުގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ރަސްގެފާނު ހޯކަން 8 ވަނައިގެ ޤާބިލު ލީޑަރޝިޕާމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށް ވިދާޅުވެފައިވެއެވެ.

ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހިރާއްޖެއާއި ނޯވޭއާ ދެމެދު އޮތީ އިޙްތިރާމާއި ބަދަހި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގާތް އެކުވެރި ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރަސްގެފާނު ހޯކަން 8 ވަނައިގެ ރަސްކަމުގައި ދެޤައުމުގެ މެދުގައިވާ އެކުވެރިކަމާއި ބިނާކުރަނިވި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ރަސްގެފާނު ހޯކަން 8 ވަނައަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ނޯވޭގެ ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަންވެސް އެމަނިކުފާނުގެ މެސެޖުގައި ހާމަކުރެއްވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

809183947 1611321023980848 406873853677267315 n

ވަޤުފު ފުޅާކޮށް އިސްލާމީ ކަންކަން ކުރިއެރުވުމުގެ އައު ބާބެއް!

ގޯތިގެދޮރު އެޅުމަށް ބެންކުން ދޫކުރާ ލޯނުގެ އިކުއިޓީއަށް ދެ ލައްކަ ރުފިޔާގެ އެހީއެއް

Garden

ކާބޯތަކެތީގެ މުހިންމު ބާވަތްތައް ރާއްޖޭގައި އުފައްދައި، ބާޒާރަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

raees Muiz

ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް: ރައީސް