ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާބޯތަކެތީގެ މުހިންމު ބާވަތްތައް ރާއްޖޭގައި އުފައްދައި، ބާޒާރަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

Garden
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރާއްޖެއަށް ބޭނުންވާ މުހިންމު ކާބޯތަކެތީގެ ބާވަތްތައް ރާއްޖޭގައި އުފައްދައި، ބާޒާރަށް ނެރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ދަނޑުވެރިންނަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް އަދި މި ދާއިރާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ދަނޑުވެރިންގެ ދުވަހަކީ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިޤުތިޞާދު ސިންދަފާތު ކުރުމަށްޓަކައި ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ އަގުހުރި ދައުރު ވަޒަންކޮށްދޭ މުހިންމު މުނާސަބަތެކެވެ. އަދި ބޭރުން އެތެރެކުރާ މިންވަރު މަދުކޮށް، ތިމާވެށްޓާ ރައްޓެހި އުސޫލުތަކުގެ މަތިން އަމިއްލަ ފަސްގަނޑުގައި ކާބޯތަކެތި ހެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ވެސް ސީދާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާއި، މުދާ އުފުލުމުގައި ދިމާވާ ދަތިތަކުން ސަލާމަތްވުމަށްޓަކައި، ރާއްޖޭގައި އަމިއްލައަށް ކާބޯތަކެތި އުފެއްދުން އިތުރުކުރަންޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، މި ސިނާއަތް ފުޅާވުމަކީ ރާއްޖެއިން ބޭރުވާ ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކަނޑައެޅޭ ވަކި ބާވަތްތަކެއް ބޭރުން އެތެރެނުކޮށް، ރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ސަރުކާރުގެ ޢަޒުމެއް ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްދީ، މި ދާއިރާއިން ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

ދިވެހިރާއްޖޭގައި ޤައުމީ ދަނޑުވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުގައެވެ. ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް މި ދުވަސް ފާހަގަކުރަމުން އަންނައިރު، މިއަހަރު ފާހަގަކުރެވެނީ 17 ވަނަ ޤައުމީ ދަނޑުވެރިންގެ ދުވަހެވެ. މިއަހަރުގެ ދުވަހުގެ ޝިޢާރަކަށް ކަނޑައަޅާފައިވަނީ “އީޖާދުން، މާދަމާގެ ދިރުން” މިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގޯތިގެދޮރު އެޅުމަށް ބެންކުން ދޫކުރާ ލޯނުގެ އިކުއިޓީއަށް ދެ ލައްކަ ރުފިޔާގެ އެހީއެއް

358532 8e93792b 6

ގަސްގަހާގެހި ހެއްދުމުގައި ޞިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

Dhanduverikan

އިންވެސްޓްމަންޓާއި ހަރުދަނާ ސިޔާސަތުތަކާއެކު ކާނާގެ ޔަޤީންކަމާ ދިމާއަށް

raees Muiz

ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް: ރައީސް