ހުޅުމާލޭ “އަމާން އުދަރެސް” ޓަވަރަކުން އިއްޔެ ވެއްޓުނު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.
އިއްޔެ ހިނގި މި ހާދިސާގައި އަމާން އުދަރެސް ދޭއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ އުމުރުން 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. މި ހާދިސާއާ ގުޅިގެން އެ ކުއްޖާއަށް ފަރުވާ ދިނުމަށް ވަގުތުން ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެ ކުއްޖާއަށް ސީރިއަސް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށާއި ކުއްޖާގެ ހާލު މިހާރު ރަނގަޅުކަމަށެވެ. އަދި ހާލަތު ދެނެގަތުމަށްޓަކައި އެ ކުއްޖާއަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ. މި ހާދިސާ ހިނގި ގޮތް ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.










ކިޔުންތެރިންގެ ހިޔާލު