ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

Images
TTH_Ads
STO_Ads
Maldivian_Ads
Advertisement

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިއާ، އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބައިނަލްއަޤްވާމީ ފުޓުބޯޅައިން ރިޓަޔަރކޮށްފިއެވެ.

ޢުމުރުން 39 އަހަރުގެ މެސީ ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އޭގައި ބުނެފައިވަނީ މިއީ އުނދަގޫ ނިންމުމެއްކަަށާއި، ނަމަވެސް އެކަމަށް ވަގުތު ޖެހިއްޖެކަމަށެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް މިހާތަނަށް 207 މެޗު ކުޅެދީފައިވާ މެސީ ވަނީ ގައުމީ ޓިމަށް ޖުމްލަ 125 ލަނޑު ޖަހާފައެވެ. ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިނުމުގެ އިތުރުން އެންމެ ފަހުގެ ވޯލްޑްކަޕްގެ ފައިނަލަށް އެގައުމު ގެންގޮސްދީފައެވެ.

HajjCop_ads
Advertisement

މެސީގެ ބައްޕަ ޖޯޖް މި އޮގަސްޓް މަހުގެ ކުރީކޮޅު ނިޔާވުމާއިއެކު އޭނާ ވަނީ ކުރިއަށް އޮތް ތަނުގައި އޭނާގެ މުސްތަގުބަލާއިމެދު ސުވާލު އުފައްދާފައެވެ. މިހާތަނަށް 6 ވޯލްޑްކަޕް ކުޅެފައިވާ މެސީ ވަނީ 2014 އަދި 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. މެސީ ވަނީ އާޖެންޓީނާ އަށް 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކާމިޔާބުކޮށްދިނުމުގެ އިތުރުން 2021 އަދި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްދީފައެވެ.

މެސީ އިންސްޓަގްރާމްގައި އަތުން ލިޔެފައިވާ ބަޔާން ހާމަ ކުރަމުން ބުނެފައިވަނީ އޭނާ އެ ބަޔާން ލިޔެފައިވަނީ ވޯލްޑްކަޕްގެ ފައިނަލް މެޗުން އާޖެންޓީނާ ބަލިވިތާ ދެވަނައަށް ވީ ޖުލައި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އަދި މިވަގުތު އޭނާގެ ބައްޕަ ނެތުމާއިއެކު އެ ކަމާއިމެދު އިތުރަށް ވިސްނަން ޖެހޭ ކަމެއް ނެތް ކަމަށްވެސް މެސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3624251

މަރަޑޯނާ އަތުން ގޯލުޖެހި ބޯޅަ 3.3 މިލިއަން ޑޮލަރަށް ވިއްކާލައިފި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

F

ކުޅުން ހުއްޓަލާނެކަމުގެ އިޝާރާތެއް ދިންތާ 24 ގަޑިއިރުތެރޭގައި މެސީ އެނބުރި ކުޅުމުގެ ތެރެއަށް!

AFP20260809C49M978v1MidResFblArgentinaDeath

ބައްޕަގެ ޖަނާޒާއަށް މެސީ އާޖެންޓީނާއަށް، ކްލަބްތަކާއި އެފްއޭގެ ދިދަ ބައިދަނޑިއަށް