ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެކުހުގެ ނިޒާމު ހަރުދަނާ ކުރުމަށް ގެނައި އިސްލާޙު ތަސްދީޤްކޮށްފި

mira
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޓެކުހާގުޅޭ ކުށާއި އަދަބުތައް އިސްލާޙުކޮށް، ޓެކުހުގެ ނިޒާމު ހަރުދަނާ ކުރުމަށް ޤާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި އިސްލާހުތަކަކީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ހުށައަޅަންޖެހޭ ޓެކްސް ބަޔާން ހުށަނާޅާ ހާލަތުގައި އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚުތިޔާރު މީރާއަށް ލިބިދިނުމާއި، އެކަމާ ބެހޭ އުޞޫލުތައް ޤާނޫނުގައި ހިމެނުމަށް ގެނައި އިސްލާހުތަކެއް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި ޤާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓްތަކާއި ތަޙުޤީޤުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތަކާއި ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖަޢާކޮށް، ޓެކުހާގުޅޭ ކުށާއި ކުށުގެ އަދަބުތައް އިސްލާޙުކުރުމަކީވެސް އިޞްލާހު ހުށަހެޅުމުގެ މަޤްޞަދެކެވެ.

HajjCop_ads
Advertisement

މީގެއިތުރުން ޓެކުހުގެ ނިޒާމު ހިންގައި ތަންފީޒުކުރުން ހަރުދަނާކުރުމަށް ޤާނޫނު އިސްލާހުކުރުމަކީވެސް އިޞްލާހު ހުށައެޅުމުގެ ބޭނުމެކެވެ.

މި އިސްލާހުގައިވާ ގޮތުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ދީފައިވަނީ ބަނޑާރަނައިބުގެ ބަދަލުގައި މީރާއަށެވެ. އަދި ޓެކުހާ ގުޅޭ އެކި ކުށްތައް ތަފްސީލްކުރުމާއެކު ކުށުގެ އަދަބުތައް ބޮޑުކޮށްފައިވެއެވެ. އެ ގޮތުން ކުރިން ޤާނޫނުގައި ހިމަނާފައިނުވާ ބައެއް ކަންކަން ކުށުގެ ގޮތުގައި އައު އިސްލާހުގައި ހިމަނުއްވާފައިވެއެވެ.

ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަމުރެއްގެ ދަށުން ހަރަކާތްތެރިވާ ފަރާތަކުން ކުރެވޭ މަސައްކަތަކަށް އެއްވެސް ހުރަހެއްއަޅައި، ބާރުގެ ބޭނުންކޮށް، ރިޝްވަތުދީ، ލިޔުމަކުން ނުވަތަ އަނގަބަހުންވިޔަސް ބިރުދެއްކުން ފަދަ ގޮތަކުން ނުފޫޒު ފޯރުވުމަކީ އަދި އެނޫންވެސް ގޮތަކުން އެކަމުގައި ބައިވެރިވެ އަދި އެކަމަށް އެހީތެރިވުމަކީ ކުށެކެކެވެ. މިފަދަ ކުށެއްގެ އަދަބަކީ 200،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

މީގެ އިތުރުން ހާމަކުރާ ސިއްރު މަޢުލޫމާތުގެ ތެރެއިން ޢާންމުކުރެވޭ ނުވަތަ އެ މަޢުލޫމާތު ޢާންމުކުރުން ޤާނޫނު ހުއްދަކުރާ މަޢުލޫމާތު ފިޔަވައި އެނޫން ކޮންމެ މަޢުލޫމާތެއްގެ ސިއްރުކަން އެ މަޢުލޫމާތު ލިބޭ ފަރާތުން ދަމަހައްޓަންވާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސ،ް ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގަމުންދާ ޝަރީޢަތެއްގެ ބޭނުމަށް މަޢުލޫމާތު ހާމަކުރުމަކަށް ހުރަސް ނާޅާކަމަށް ވަނީ ބަޔާންކޮށްފައެވެ.

ޓެކްސް ޤާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަނާޅާ ފަރާތެއްގެ މަޢުލޫމާތު ނުވަތަ ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޤާނޫނެއްގެ ދަށުން މީރާއަށް ބަލައިގަންނަ ޓެކްސް ފިޔަވައި އެނޫން ފައިސާއާއި ޖޫރިމަނާ ނުދައްކާ ފަރާތެއްގެ މަޢުލޫމާތު ހާމަކުރުމަކީ ސިއްރު ހިފެހެއްޓުމާ ޚިލާފު ކަމެއް ނޫންކަމަށްވެސް ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

މީރާއިން އިންކަމް ޓެކްސް ރަޖިސްޓްރޭޝަނާއި ވިތުހޯލްޑިންގ އުސޫލުތަކަށް ބަދަލު ގެނެސްފި

Dr shaheem

މީރާ މެދުވެރިކޮށް ވަޤުފު ފަންޑަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

Mira

ޖުލައި މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 3.4 ބިލިއަން ރުފިޔާ

mira

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި