ސަޢުދީގެ އަލް ހިލާލަށް ކުޅެމުންއައި ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ކަރީމް ބެންޒެމާ އޭނާގެ ކޮންޓްރެކްޓް އުވާލައިފިއެވެ. ކޮންޓްރެކްޓް އުވާލުމަށްފަހު މިހާރު އޭނާ ހުރީ އުނދަގޫ ނިންމުމެއްގެ މަގުމަތީގައެވެ. އެއީ ފުޓުބޯޅަ ކުޅުމައިގެން ކުރިއަށްދާނެ ގޮތަކާމެދު ގޮތެއް ނުނިންމިފައެވެ.
މީޑިއާ ރިޕޯޓުތައް ބުނީ، އުމުރުން މިހާރު 38 އަހަރުގެ ރެއާލް މެޑްރިޑްގެ ކުރީގެ ފޯވަޑް އެންމެ ގާތީ ކުޅުން ހުއްޓާލުންކަމަށެވެ. ނަމަވެސް ބެންޒެމާ އަދި ވަކި އެއްޗެއް ނުބުނެއެވެ. އޭނާ ގެންދަނީ އެހެން ލީގެއްގައި ކުޅުމާމެދު ވަކި ގޮތެއް ނިންމުމަށް ވަރަށް ބޮޑަށް ވިސްނަމުންނެވެ.
ރެއާލް ދޫކޮށް ބެންޒެމާ ސައޫދީ އަރަބިއާ އަށް ބަދަލުވީ 2023 ވަނަ އަހަރު އަލް އިއްތިހާދަށެވެ. އެ ކުލަބަށް 64 މެޗުން 38 ލަނޑު ޖަހައިދިނުމަށްފަހު އެނާ ހިލާލަށް ބަދަލުވީ މި އަހަރު އެވެ. މިހާތަނަށް ވަނީ 12 މެޗުން 10 ގޯލު ޖަހައިފައެވެ.

ބެންޒެމާ އެންމެ ބޮޑަށް ވިދާލީ ރެއާލްގައެވެ. 2009 އިން 2023 އަށް އެ ކުލަބަށް ކުޅެ އޭނާ ވަނީ 439 މެޗުން 238 ގޯލު ޖަހައިދީފަ އެވެ. ފްރާންސްގެ ގައުމީ ޓީމަށް 97 މެޗުން 37 ގޯލު ޖަހާދީފައިވާ ފޯވަޑް ވަނީ 2022 ވަނަ އަހަރުގެ ބަލޮންޑޯ އެވޯޑް ހާސިލްކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު