ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްލަކު އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް ފަނަރަ ދުވަސް

1788094832286 ije1o6
STO_Ads
Maldivian_Ads
TTH_Ads
Advertisement

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރީ މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން އޭނާ ފަނަރަ ދުވަހަށް ބަންދު ކުރުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު، މިސްކިތްމަގު، އަންދާޒު، އަޙްމަދު ޢައުނުﷲ އެވެ. ފުލުހުން ވިދާޅުވެފައިވަނީ އޭނާވަނީ ކާރެއްގައިގޮސް، މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލާފައި ކަމަށެވެ. އެއަށްފަހު ވެސް މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައި ޖެހިފައި މަތަނުވެ ގޮސް ރުކެއްގައި އެކާރުވަނީ ޖައްސާފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވާފައި ވަނީ އަންހެނެކެވެ. ކާރުން އެ ސައިކަލުގައި ޖެއްސުމުން އެ އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެ މީހުންނަށް ވަނީ ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާދީފައެވެ. އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.

HajjCop_ads
Advertisement

“މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވެއެވެ. އަދި މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ވެސް ތަހުގީގަށް ވަނީ އެނގިފައެވެ.” ފުލުހުން ވިދާޅުވެފައިވެއެވެ.

މި އެކްސިޑެންޓުގައި ޝާމިލްވާ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުވައްމުލައް ސިޓީން މީހަކު ހައްޔަރުކޮށްފި

MWSC MD Fahumy

ފުވައްމުލަކަށް ފޮނުވި އިތުރު އާރޯ ޕްލާންޓާ އެކު ފެން އުފެއްދުމުގެ ޤާބިލުކަން 90 އިންސައްތަ އިތުރުވާނެ: ފަހުމީ

Qw

ފުވައްމުލަކުގައި ވެރިންނަށް ނޭނގި ބާލާފައި ހުރި ގިނަ އަދަދެއްގެ ކުރުނބާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި