ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓްތައް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ވިނަރެސް ހަތެއް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފައެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އަދި އެ ސަރަހައްދުގައި ތިބި އާންމުން އެ ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ މަންޒަރު ވެސް ފެނެއެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި ނުވަ އަހަރުގެ އަންހެން ކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ. އެ ކުއްޖާއަށް ސީދާ ލިބުނު އަނިޔާތަކުގެ އިތުރު ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.