ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ހޮސްޕިޓަލަށް 15 ނަރުހުން ހޯދަން އިއުލާނުކޮށްފި

hulhumale hospital
Maldivian_Ads
STO_Ads
TTH_Ads
Advertisement

ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ދާއިމީ ވަޒީފާއަށް 15 ނަރުހުން ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރުގެ ގެޒެޓުގައި އެ ހޮސްޕިޓަލުން ޝާއިއުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ވަޒީފާތަކަށް ކުރިމަތިލެވޭނީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓްރީވެ، ޕްރެކްޓިސް ކުރުމުގެ ސައްހަ (އަދާހަމަ) ލައިސަންސް އޮތް ފަރާތްތަކަށެވެ.

މި އިއުލާނުގައިވާ ގޮތުން ނަރުހުން ބޭނުންވަނީ ދެ ރޭންކަކުންނެވެ. އެއީ ޕީ.އެސް 5 އަދި ޕީ.އެސް 7 ގެ ރެޖިސްޓާޑް ނަރުހުންގެ ގޮތުގައެވެ. މި ދެ ރޭންކުގެ މުސާރައާއި އިނާޔަތްތަކުގެ ތަފްސީލަށް ބަލާލާއިރު:

HajjCop_ads
Advertisement

ޕީ.އެސް 5 ގެ ރެޖިސްޓާޑް ނާސް: އަސާސީ މުސާރައިގެ ގޮތުގައި މަހަކު 11،428 ރުފިޔާ، މަގާމުގެ އެލަވަންސްގެ ގޮތުގައި 5،333 ރުފިޔާ އަދި ހާޒިރީ އިނާޔަތުގެ ގޮތުގައި މަހަކު 144 ރުފިޔާ.
ޕީ.އެސް 7 ގެ ރެޖިސްޓާޑް ނާސް: އަސާސީ މުސާރައިގެ ގޮތުގައި މަހަކު 13،057 ރުފިޔާ، މަގާމުގެ އެލަވަންސްގެ ގޮތުގައި 6،094 ރުފިޔާ އަދި ހާޒިރީ އިނާޔަތުގެ ގޮތުގައި މަހަކު 165 ރުފިޔާ.
ހުޅުމާލެ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނީ ތައުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކަށް އިސްކަންދީގެންނެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ލިޔެކިޔުންތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަސް 13:30 އެވެ. ލިޔުންތައް ހުށަހަޅަންޖެހެނީ ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގްގެ 4 ވަނަ ފަންގިފިލާއަށެވެ. އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް ލިޔުންތައް ފޮނުވުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

F0f1bd44 7afd 4d3a 9944 7a9556296c06

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު ތިން ސްޕެޝަލިސްޓް ޚިދުމަތެއް ފަށައިފި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

ChatGPT Image Jul 22, 2026, 10 03 40 PM

އެއްމާބަނޑު ދެ ޑޮކްޓަރުން ދެ ދާއިރާއަކުން ރާއްޖޭގެ ފުރަތަމަ ސަބް ސްޕެޝަލިސްޓުންގެ ގޮތުގައި ތާރީޚުން ޖާގަ ހޯދައިފި