ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު ތިން ސްޕެޝަލިސްޓް ޚިދުމަތެއް ފަށައިފި

F0f1bd44 7afd 4d3a 9944 7a9556296c06
STO_Ads
Maldivian_Ads
TTH_Ads
Advertisement

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު ތިން ސްޕެޝަލިސްޓް ޚިދުމަތެއް ރަސްމީކޮށް ފަށައިފިއެވެ. ތަޢާރަފްކުރި ތިން ޚިދުމަތަކީ ގެސްޓްރޯއެންޓެރޮލޮޖީ، ނިއުރޮލޮޖީ އަދި ޔޫރޮލަޖީގެ ޚިދުމަތެވެ. މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ.

މި ޚިދުމަތްތައް ފެށުމުގެ ގޮތުން ވަޒީރު ވަނީ ނިއުރޯ ސައިންސް ޔުނިޓް ހުޅުއްވައިދެއްވާފައެވެ. ވަޒީރު ޤީލާ ވިދާޅުވީ މިއީ އައިޖީއެމްއެޗްގެ ވެއިޓްލިސްޓް ކުޑަކޮށް، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިއުން މަދުކުރުމުގެ މަޤްޞަދުގައި ފެށި ޚިދުމަތްތަކެއް ކަމަށެވެ.

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް މައުލޫމާތު ދެއްވި ގޮތުގައި، ނިއުރޮލޮޖީގެ ޚިދުމަތުގެ ތެރެއިން ކޮންސަލްޓޭޝަންގެ އިތުރުން އީއީޖީ (EEG) ގެ ޚިދުމަތް ލިބޭނެއެވެ. އަދި ޔޫރޮލަޖީގެ ތެރެއިން ކޮންސަލްޓޭޝަނާއި ޔޫރޯފްލޯމެޓްރީ ފަދަ ޓެސްޓްތައް ހެދޭނެއެވެ. ގެސްޓްރޯއެންޓެރޮލޮޖީގެ ކޮންސަލްޓޭޝަން ޚިދުމަތް މިހާރު ފެށިފައިވާއިރު، ކުރިއަށް އޮތް ތަނުގައި އެންޑޯސްކޯޕީ އަދި ކޮލޮނޮސްކޯޕީގެ ޚިދުމަތް ފެށުމަށް ވަނީ ރޭވިފައެވެ.

HajjCop_ads
Advertisement

ނިއުރޯ ސައިންސް ޔުނިޓްގެ އީއީޖީ ޚިދުމަތް ރަސްމީ ގަޑިތަކުގައި ލިބޭނެއެވެ. އަދި މެންދުރު ދޭއް ޖެހުމާ ހަމައަށް ނަންނޯޓު ކުރެވޭނެއެވެ. އިމަޖެންސީ ޙާލަތްތަކުގައި ކޮންމެ ގަޑިއަކުވެސް ޚިދުމަތް ލިބޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން މިހާރު ވަނީ ހަތަރު އޮޕަރޭޓިންގ ރޫމް ހިމެނޭ ތިއޭޓަރ ކޮމްޕްލެކްސްއަކާއި، ދިހަ އެނދުގެ އައިސީޔޫ އަދި ސާދަ އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއް ޤާއިމުކޮށްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale hospital

ހުޅުމާލެ ހޮސްޕިޓަލަށް 15 ނަރުހުން ހޯދަން އިއުލާނުކޮށްފި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

ChatGPT Image Jul 22, 2026, 10 03 40 PM

އެއްމާބަނޑު ދެ ޑޮކްޓަރުން ދެ ދާއިރާއަކުން ރާއްޖޭގެ ފުރަތަމަ ސަބް ސްޕެޝަލިސްޓުންގެ ގޮތުގައި ތާރީޚުން ޖާގަ ހޯދައިފި