ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޑުއްވަރީ އައުޓްޑޯ ވޮލީ ކޯޓު ހުޅުއްވައިދެއްވައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

މ. މަޑުއްވަރީގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ހުޅުވައިފިއެވެ. މަޑުއްވަރީގައި ރޭ އޮތް ރަސްމިއްޔާތެއްގައި މި ވޮލީ ކޯޓު ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

ވޮލީ ކޯޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ އެންމެ ބޮޑު އުއްމީދަކީ މަޑުއްވަރީގައި ހުޅުވުނު ވޮލީ ކޯޓުގެ ސަބަބުން ޤައުމީ ފެންވަރުގައާ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ރާއްޖެ ތަމުސީލުކުރާނެ މޮޅެތި ވޮލީ ކުޅުންތެރިންތަކެއް މަޑުއްވަރީން އުފެދިގެން ދިޔުން ކަމަށެވެ. އަދި ރަށުގެ އެންމެހާ ރައްޔިތުންވެސް މި ވޮލީ ކޯޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ޒިންމާދާރުކަމާއެކު ހިފުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

“އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ އެއް ހަގީގަތަކީ ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުޅޭ އެއްޗެއް ނޫންކަން. ކުޅިވަރަކީ މުޖުތަމައުގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ދަމަހައްޓައިދޭ، އަޚުލާގާ ސުލޫކު ރަނގަޅުކޮށްދޭ އަދި މުޖުތަމައުގެ އެއްބައިވަންތަކަން އާލާކޮށްދޭ މުހިންމު ވަސީލަތެއް،” ވަޒީރު

HajjCop_ads
Advertisement

ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރުން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރުމުގައި ސާބިތުކަމާއެކު ކަމަށެވެ.

ވޮލީ ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއްވެސް ރޭ ވަނީ ކުޅެފައެވެ.

އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު