ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިޔަވަޅުތައް ހުސްވެ، މާލީގޮތުން އީރާނު އިނދަޖައްސާލަން އެމެރިކާއިން މަސައްކަތް ފަށައިފި

އެމެރިކާގެ ލިސްޓުގައި ހިމެނޭ ބޭންކެއް:
STO_Ads
TTH_Ads
Maldivian_Ads
Advertisement

އީރާނާ ދެކޮޅަށް އަޅާނޭ ފިޔަވަޅުތައް ހުސްވެ، އެމެރިކާ ސަރުކާރުން އީރާނަށް މާލީގޮތުން ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

އެމެރިކާ ސަރުކާރުގެ ޓްރެޜަރީ ޑިޕާޓްމަންޓުން މިއަދުވަނީ އީރާނާ ގުޅުން އޮންނަ ކަމަށް ބުނެ އިތުރު ދެ ފަރާތަކާ ދެކޮޅަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ފިޔަވަޅު އަޅާފައިވަނީ އީރާނުގެ ބޭންކް މެލީއާ ގުޅުންހުރި ފަރުދަކާއި އަދި ހޮންކޮންގަށް ނިސްބަތްވާ ކުންފުންޏަކާ ދެކޮޅަށެވެ.

އެމެރިކާ ސަރުކާރުން ގެންދަނީ، އީރާނަށް އިގްތިސާދީ ގޮތުންނާއި މާލީގޮތުން ދަތިކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އީރާނާ ގުޅުން ހުރި ވަކިވަކި ފަރުދުންނާއި، ކުންފުނިތަކާއި އަދި ބޭންކްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

HajjCop_ads
Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިސްނުންވެސް މިހާރު ހުރީ އިގްތިސާދީގޮތުންނާއި އަދި މާލީގޮތުން އީރާނަށް ދަތިކުރުމުގެ މައްޗަށެވެ. އީރާނާ އެއްވެސް ވާހަކައެއް ދައްކަން މިވަގުތު ޓްރަމްޕް ބޭނުން ނުވާ ކަމަށް ވައިޓް ހައުސްއިން ބުނެއެވެ.

ޓްރަމްޕާއި އެމެރިކާ ސަރުކާރުންވެސް ގަބޫލުކުރަނީ ހޮރްމޫޒުގެ ކޮންޓްރޯލް އޮތީ އެމެރިކާއަށެވެ. އަދި އޭގެ ސަބަބުން އީރާނަށް އިގްތިސާދީގޮތުން ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.

އެހެން ނަމަވެސް، ހަގީގަތަކީ، އީރާނާ ދެކޮޅަށް އެމެރިކާއަށް ކުރެވޭނޭ މާގިނަ ކަންތައްތަކެއް މިވަގުތުން ނެތުން ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެމެރިކާއިން ފުރަތަމަ މަސައްކަތްކުރީ އަސްކަރީ ހަމަލާދީގެން އީރާނު ބަލިކުރުމަށެވެ. އެކަން ނުވުމުން ދެން މަސައްކަތްކުރީ އިގްތިސާދީގޮތުން އީރާނު އިނދަޖައްސާލުމަށެވެ. އެކަމުގެ އަސަރެއް ނުފެނުމުން ދެން ދިމާކުރީ އީރާނުގެ އެތެރޭގައި ބައިބައިވުން އުފެއްދުމަށެވެ. އެކަމެއްވެސް ކާމިޔާބެއް ނުވިއެވެ.

އެހެންވެ، އެމެރިކާ ސަރުކާރުން މިހާރު ދިމާކޮށްފައިވަނީ މާލީގޮތުން އީރާނަށް ދަތިކޮށް އިނދަޖައްސާލުމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަތަރުގެ ބޮޑުވަޒީރު ތެހެރާނުގައި، ދެގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް

ސީރިއާއަކީ މިހާރު ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްނޫން: އެމެރިކާ

އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް އެމެރިކާއާ ބައިވެރިވާ ގައުމުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އުމާނަށް ބޮންއަޅަން ޖެހިދާނޭ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އިންޒާރު ކޮށްފި