ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިން ދޫކޮށްފި

bml
ބީއެމްއެލް ހެޑް އޮފީސް —
TTH_Ads
STO_Ads
Maldivian_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކުރި “ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ” ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިންގ ފޯރުކޮށްދީފިއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ފައިނޭންސިން ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ފެސިލިޓީއެކެވެ.

މި ފެސިލިޓީ ޚާއްޞަކޮށްފައި ވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި މި ޕްރޮގްރާމުގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކޮށްފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

HajjCop_ads
Advertisement

މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މި ޕްރޮގްރާމަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

• ސްކީމުގެ ޝަރުތު: އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުން.
• ފައިނޭންސިން ލިމިޓް: އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް.
• ޖުމްލަ އެހީ: 3,000 އަށް ވުރެ ގިނަ ޒުވާނުންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިން.

ޝަރީފް ވިދާޅުވި ގޮތުގައި އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންގެ އުފެއްދުންތެރި ހިޔާލުތައް ފައިދާހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މާލީ އެހީތެރިކަން ދިނުމަކީ ބޭންކުން ނުހަނު އިސްކަންދޭ ކަމެކެވެ.

“އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުން އެމީހުންގެ އުފެއްދުންތެރި ހިޔާލުތައް ފައިދާހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމުގައާއި، ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކޮށް ދިގުމުއްދަތުގެ ކާމިޔާބީ ހާސިލުކުރުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ތަރައްގީކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،” ޝަރީފް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރެވުނު މާލީ އެހީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންގެ ވިޔަފާރި އީޖާދުތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މޫސާ ރަޝީދު
Hiley tha dhinee !!!!!!!

ގުޅުންހުރި

WhatsApp Image 2026 08 24 at 12.14.48

ބީއެމްއެލް އިން ފުނަދު އާއި މިލަންދޫ ސްކޫލް ދަރިވަރުންނަށް އައިސީޓީ ދާއިރާގެ މައުލޫމާތު ސެޝަން ބާއްވައިފި

mpl

އިމްޕޯޓަށް ކުރި ހަރަދު 28.8 އިންސައްތަ މަތިވެއްޖެ

އައިޔޫއެމްގެ 11 ވަނަ އައިސީއައިއޭގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލްއިން މައުލޫމާތު ސެޝަނެއް ބާއްވައިފި