ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަތަރުގެ ބޮޑުވަޒީރު ތެހެރާނުގައި، ދެގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް

ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު (ވ) އީރާނުގެ ޚާރިޖީ ވަޒީރާ ތެހެރާނުގައި ބައްދަލުކުރައްވަނީ:
Maldivian_Ads
TTH_Ads
STO_Ads
Advertisement

ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އައްޘާނީ ތެހެރާނަށް މިއަދު ވަޑައިގެން އީރާނު ސަރުކާރާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މިއީ، އީރާނާ ދެކޮޅަށް އެމެރިކާއިން އުދުވާނު ފެށިފަހުން ގަތަރުގެ ވެރިޔަކު އީރާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ވަނީ އީރާނަށް ވަޑައިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއާ ބައްދަލު ކުރައްވައި މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާތައް ބާއްވާފައެވެ.

HajjCop_ads
Advertisement

ދެ ގައުމުން މަޝްވަރާ ކުރެއްވި އެއް ކަމަކީ، ހޮރްމޫޒު ކަނޑުއޮޅީގައި އަޅާފައިވާ މައިންތައް ދެގައުމު ގުޅިގެން ސާފުކުރުމަށް އެކަށައަޅާފައިވާ ޕްރޮޖެކްޓް ތަންފީޒުކުރުމާ ގުޅޭގޮތުންނެވެ.

މީގެއިތުރުން، އުޅަނދުފަހަރު ހޮރްމޫޒު ހުރަސްކުރުމަށް ވަގުތީ ރޫޓެއް އުފެއްދުމަށް ހުށަހަޅާފައިވާ މަރުހަލާތަކެއްގެ އޮނިގަނޑަކާ ބެހޭގޮތުންވެސް ދެ ގައުމުން މަޝްވަރާ ކޮށްފައި ވެއެވެ.

އަދި ސަރަހައްދީ ކުރިމަތިލުންތައް ކުޑަކުރުމަށާއި މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތައްވެސް ގަތަރާއި އީރާނުން މުރާޖައާ ކޮށްފައި ވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީވަނީ، މައްސަލަތައް ސުލްހަވެރިމަގުން ހައްލުކުރުމަށް ގަތަރު ސަރުކާރުން އަދާކުރާ މުހިންމު ދައުރަށް ޝުކުރު އަދާކުރައްވާފައެވެ.

ހަނގުރާމައިގެ ތެރޭގައި އީރާނުންވަނީ، ގަތަރުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައްވެސް ދީފައެވެ. އެއީ، ގަތަރުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އަސްކަރީ ތަންތަނަށެވެ.

އީރާނުގެ ހަމަލާތަކުގެ ސަބަބުން ދެގައުމުގެ ގުޅުން ގޯސްވެގެންދިޔައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސީރިއާއަކީ މިހާރު ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްނޫން: އެމެރިކާ

އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް އެމެރިކާއާ ބައިވެރިވާ ގައުމުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އުމާނަށް ބޮންއަޅަން ޖެހިދާނޭ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އިންޒާރު ކޮށްފި

މެދުއިރުމަތިން އަބްރަހަމް ލިންކަން އަނބުރާ ގެންދަން އެމެރިކާއިން ނިންމުމުން އެތަކެއް ވާހަކަތަކެއް ފެތުރެނީ