ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރު ފައިސާ ގާނޫނަށް ގެންނަ އިސްލާހުތަކުން ފައިދާވާނެ: ރައީސް

raees muiz
Maldivian_Ads
TTH_Ads
STO_Ads
Advertisement

މި ސަރުކާރުން ދިވެހިރާއްޖޭގެ އިގުތިސާދަށް ގެއްލުންވާނެ ނުވަތަ އިގުތިސާދު މަޑުޖެހޭނެ އެއްވެސް ކަމެއް ނުކުރާނެކަމަށާއި، ބޭރު ފައިސާގެ ގާނޫނަށް ގެންނަ ބަދަލުތަކުން ލިބޭނީ ފައިދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރުން ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ލާޒިމުކޮށްފައި އޮތް އޮތުން ބަދަލުކުރައްވައި، އެފަދަ ވިޔަފާރިތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރުން ލާޒިމުވާ ގޮތަށް ބަދަލުކުރުމަށް ނިންމާފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިއުލާނުކޮށްފައިވެއެވެ. އޭގެ އިތުރަށް މަހަކު އެއްފަހަރު މާރުކުރުން ލާޒިމުކުރުމާއެކު، ގާނޫނުން އިސްތިސްނާ ލިބިގެން ރާއްޖޭގެ އެތެރޭގައި ޑޮލަރުން ހިންގާ މުއާމަލާތްތަކުގެ އަދާހަމަ މައުލޫމާތު މަރުކަޒީ ބޭންކާ ހިއްސާކުރުން ލާޒިމުކުރުމަށްވެސް ނިންމާފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން ގެނެސްދޭ “ނޭޝަން ޗެޓް” ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގެ އިގުތިސާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ހުރިހާ އެންމެންގެ އެއްބާރުލުން ލިބޭނަމަ އެ މައްސަލަތައް ހައްލުކޮށް ހަމަމަގަށް ކަންކަން ގެންދިއުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ. އަދި ޖުމްލަަކޮށް ގިނަ ބައެއްގެ އެއްބާރުލުން ލިބޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ އަޅަންޖެހޭ ފިޔަވަޅުތަކެއްކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

HajjCop_ads
Advertisement

ސަރުކާރުގައި އިގުތިސާދީ ކަންކަން ނިންމެވުމާ ހަވާލުވެވަޑައިގެން ތިއްބެވީ ތައުލީމާއި ތަޖުރިބާގެ ގޮތުންވެސް ފުންނާބުއުސް ރަނގަޅު ބޭފުޅުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އިގުތިސާދީ މުހިއްމު ފިޔަވަޅުތައް އަޅުއްވަނީ ފަންނީ ގޮތުން ވަރަށް ފުންކޮށް ދިރާސާކޮށް ބަހުސްކުރެވި މަޝްވަރާކުރެވި، އެކަންކަމާމެދު ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމަށެވެ. އަދި ސިޔާސަތުތައް އެކަށައެޅުމުގެ މަސައްކަތްތައް ހިނގަނީ އެކަށީގެންވާ ހަރުދަނާ އިޖުރާއާތުތަކެއްގެ ތެރެއިންކަމަށްވެސް ވިދާޅުވިއެވެ.

“އަޅުގަނޑުމެން އަޅާ ފިޔަވަޅުތައް، ގާނޫނެއް ހެދިޔަސް، ގާނޫނަކަށް އިސްލާހެއް ގެނަޔަސް، މިކަންކަން މިކުރަނީ ފެކްޓް ބޭސްޑްކޮށް. އަޅުގަނޑުމެން ހަމަ ތިބެފައި ކަމެއް ނުކުރަން. އެތައް މަހެއް އަދި އެތައް ދުވަހެއްގެ މަޝްވަރާއާއި، ޓެކްނިކަލް އެވެލުއޭޝަނާއި ދިރާސާތަކާއި ބޭރު ގައުމުތަކުގައި މިކަންކަން ކޮށްފައި ހުންނަ ގޮތާ، މިހުރިހާ ކަމެއް އަޅުގަނޑުމެންގެ ޓީމުތަކުން ބަލާ،” ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިފަހުން ރާއްޖޭގައި ގާއިމުކުރެވުނު ސަރުކާރުތަކުގެ ތެރެއިން ރާއްޖޭގެ އިގުތިސާދު ފުޅާކޮށް އިގުތިސާދީ ތަރައްގީގެ ދުވަލި ހަލުއިކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކުރި ސަރުކާރަކީ މިއަދުގެ ސަރުކާރު ކަމަށެވެ.

“ހަމަ ޔަގީނުންވެސް އަޅުގަނޑުމެންނަށްވުރެ ބޮޑަށް ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި، އިގުތިސާދު ފުޅާކުރުމަށްޓަކައި ސިޔާސަތުތަކެއް ގެެނެސް ތަންފީޒުކުރި ސަރުކާރެއް ވޭތުވެދިޔަ ދުވަސްތަކުގައި އޮތްހެނެއް އަޅުގަނޑަކަށް ހިއެއްނުވޭ،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގުތިސާދު ފުޅާކުުރުމަށް ފާއިތުވި ދެއަހަރާއި ބައިގެ ތެރޭގައި ގިނަ ކަންތައްތަކެއް ތަންފީޒުކުރެވުނު ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެތައް ކަމެއް ކުރުމަށް މަޝްވަރާކުރެވެމުންދާކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި އިގުތިސާދީ ކުރިއެރުމަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ބޭރު ފައިސާގެ މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ރައީސް ވިދާޅުވީ ސިޔާސީ ގޮތުން އެ ފިޔަވަޅުތަކަށް ބަޔަކު ފާޑުކީ ނަމަވެސް ޖުމްލަ ގޮތެއްގައި އެ ފިޔަވަޅުތަކުން ލިބޭނީ ފައިދާކަން ޔަގީންވާ ކަމަަށެވެ.

ޑޮލަރުގެ ކަޅުބާޒާރަކީ އިއްޔެއަކު މިއަދަކު އުފެދުނު ބާޒާރެއްނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭ 1.3 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަދާކުރެވިފައިވާއިރު، އިގުތިސާދު ރަނގަޅުކުރުމަށް މުހިއްމު ހަރުދަނާ ފިޔަވަޅުތަކެއް އަންނަނީ އެޅެމުން ކަމަށެވެ. އިގުތިސާދުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ތަރުތީބެއްގެ ތެރެއިން ފިޔަވަޅުތައް ތަންފީޒުކުރެވުމުން މައްސަލަތަކަށް އެކަށީގެންވާ ހައްލުތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ގައުމާ ދެކޮޅު ކަންކަން ކުރުމަކީ ދިވެހި އަބުތާލުންގެ ގުރުބާނީއަށް ހަރާންކޯރުވުން: ރައީސް

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

SIDS GBN Forum

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއް: ރައީސް

muiz

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި