ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިޤްތިޞާދުގައި ދައުރުވާ ފައިސާގެ ތެރެއިން 3 ބިލިޔަން ރުފިޔާ ނަގައިފި

MMA munavaru
STO_Ads
TTH_Ads
Maldivian_Ads
Advertisement

ބޭރުފައިސާއަށް އޮތް ބާރު ކުޑަކުރުމަށް އިޤްތިޞާދުގައި ދައުރުވާ ދިވެހި ރުފިޔާ ހުރި މިންވަރު މަދުކުރުމަށް ކުރަމުންދާ މަަސައްކަތުގެ ތެރެއިން މިހާތަނަށް 3 ބިލިޔަން ރުފިޔާ ނަގާފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފިއެވެ.

އިޤްތިޞާދުގައި ދިވެހިރުފިޔާ ދައުރުވާ މިންވަރު މަދުކުރުމަށް، އެމްއެމްއޭއިން ވަނީ އޯޕަން މާކެޓް އޮޕަރޭޝަން ނުވަތަ އިޤްތިޞާދުން ދައުރުވާ ފައިސާ ނެގުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަހުމަދު މުނައްވަރު ވަނީ މިވީ މުއްދަތުގެ ތެރޭގައި 3 ބިލިޔަން ރުފިޔާ އިޤްތިޞާދުން ނަގާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑު ގަވަރުނަރަކަށް ހަވާލުވިއިރު 8 ވަރަކަށް ބިލިޔަން ރުފިޔާ އިތުރުވެފައި ހުރީ. އެ އެކްސެސް ރުފިޔާ އަޅުގަނޑުމެން މިދަނީ ނަގަމުން. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 3 ބިލިޔަން ރުފިޔާ އަޅުގަނޑުމެންވާނީ އެކްސެސް ލިކުއިޑިޓީ ތެރޭ ނަގާފައި.

HajjCop_ads
Advertisement

ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.

ބޭންކުން މިހާރު ހިންގަމުންދާ އޯޕަން މާކެޓް އޮޕަރޭޝަން ފުޅާކުރުމަށް ވެސް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. އެގޮތުން 10 ބޭސިސް ޕޮއިންޓަށް އޯޕަން މާކެޓް އޮޕަރޭޝަން ފުޅާކުރަންވަނީ ނިންމާފައެވެ. އޯޕަން މާކެޓް އޮޕަރޭޝަނަކީ އިޤްތިޞާދުގައި ދައުރުވާ ފައިސާ އަނބުރާ މަރުކަޒީ ބޭންކަށް ނެގުމަށް ހިންގާ ހަރަކާތެކެވެ.

އިޤްތިޞާދުގައި ދައުރުވާ ފައިސާގެ ތެރެއިން ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުވާ ފައިސާ، މަދުކުރުމަށް މިނިމަމް ރިޒާވް ރިކުއަރމަންޓް މަތިކުރުމަށްވެސް ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ ބޭންކުތަކަށް ޖަމާވާ ފައިސާގެ ތެރެއިން ވަކި އިންސައްތައެއް ސީދާ އެމްއެމްއޭގައި ރައްކާކޮށްފައި ބަހައްޓަންޖެހޭ މިންވަރެވެ. މިގޮތުން މިހާރު ބަހައްޓަން ޖެހޭ މިންވަރު %10.5 އިން %11 އަށް އިތުރުކުރުމަށް، މަރުކަޒީ ބޭންކުން ވަނީ ނިންމާފައެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރުމަހުން ފެށިގެންނެވެ. އަދި މިއަދަދު ކޮންމެ 3 މަހަކުން ރިވިއުކުރުމަށް ނިންމާފައިވެއެވެ. މަރުކަޒީ ބޭންކުން ވިދާޅުވީ ރިވިއުތަކަށް ފަހު މިއަދަދު މިއަންނަ އަހަރުގެ ނިޔަލަށް %13 އަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ނިމިދިޔަ ސަރުކާރުން ކޯވިޑުގެ ދުވަސްވަރު ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ޢަމަލުކުރުން މަޑު ޖައްސާލުމަށްފަހު ފައިސާ ޗާޕުކުރުމުގެ ސަބަބުން އިޤްތިޞާދުގައި ދިވެހި ފައިސާގެ މިންވަރު އިތުރުވެ، ބޭރުފައިސާއަށް އޮންނަ ޑިމާންޑް އިތުރުވެގެންދިޔައެވެ. މިކަމުގެ ސަބަބުން ދިވެހިފައިސާގެ އަގުވެއްޓިގެން ދިޔައެވެ.

މަރުކަޒީ ބޭންކުން ބުނީ ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކޮށް، އެ ފައިސާ ތިން ފަހަރެއްގެ މަތިން ދިގު މުއްދަތުގެ ބޮންޑުތަކަކަށް ބަދަލުކޮށްފައިވާކަމަށެވެ. މީގެ ސަބަބުން ރުފިޔާ ލިކުއިޑިޓީ ނުވަތަ ބޭންކިން ނިޒާމުގައި ދައުރުވަމުން ދިޔަ ދިވެހި ރުފިޔާގެ މިންވަރު ވަރަށް ބޮޑަށް އިތުރުވިކަން އެމްއެމްއޭއިން ފާހަގަކުރެއެވެ. އަދި ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާއި އިޤްތިޞާދުގައި ދައުރުވާ ދިވެހި ރުފިޔާގެ މިންވަރު %178 އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކުރީ ސަރުކާރުން ޖުމްލަ 8.2 ބިލިޔަން ރުފިޔާ ޗާޕްކޮށްފައިވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourist arrival

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

mma

ރިސޯޓުތަކުން ޑޮލަރު މާރުކުރަން ޖެހޭ މިންވަރު 40 ޕަސަންޓަށް

mma

ޑޮލަރުން މުސާރަ ލިބޭގޮތަށް އޮންނަ އޮތުން ބަދަލުކުރުމަކީ ދިގު މުއްދަތުގެ ގޯލެއް: މުނައްވަރު

Munavvar

2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ އެމްއެމްއޭގެ އަމާޒެއް: ގަވަރުނަރު މުނައްވަރު