ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ އެމްއެމްއޭގެ އަމާޒެއް: ގަވަރުނަރު މުނައްވަރު

Munavvar
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރާއްޖޭގައި ޑޮލަރުން މުސާރަ ދިނުމާއި އެތެރޭގެ ޚިދުމަތްތަކުން ޑޮލަރުން އަގު ނެގުން ހުއްޓާލައި، އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް 2030 ވަނަ އަހަރާ ހަމައަށް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އަމާޒެއް ކަމަށް އެ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ގަވަރުނަރު މިހެން ވިދާޅުވީ ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

މިއީ ގާތްގަނޑަކަށް 40 ނުވަތަ 50 އަހަރުވެފައިވާ ނިޒާމަކަށް ގެންނަ ބޮޑު ބަދަލަކަށް ވާތީ، މިއީ އެއްވެސް ހާލެއްގައި އެއްރެއިން އަނެއްރެއަށް ގެނެވޭނެ ބަދަލެއް ނޫން ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެމްއެމްއޭގެ ދުރު ރާސްތާގެ ވިސްނުމަކީ 2030 އާ ހަމައަށް ދާއިރު ރާއްޖޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއަށް ބަދަލުވެގެން ދިއުން ކަމަށާއި، އެއީ މީގެ ކުރީގެ ގަވަރުނަރުންވެސް ގެންގުޅުއްވި ވިސްނުންފުޅެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި ބަދަލުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އެއާޕޯޓްތަކަށާއި ސަރުކާރަށް ކުލީގެ ގޮތުގައި ދައްކާ ފައިސާގެ އިތުރުން، އަމިއްލަ ކުންފުނިތަކާއި ރިސޯޓުތަކުން މުވައްޒަފުންނަށް ޑޮލަރުން ދޭ މުސާރަތައްވެސް ރުފިޔާއަށް ބަދަލުކުރަންޖެހޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި މިފަދަ ބަދަލުތަކެއް ގެނެވިގެން ނޫނީ ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރު ނުކުރެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފައިސާ ސަޕްލައިގެ ސާޅީސް އިންސައްތައަށްވުރެ މަތީގައި ބޭރު ފައިސާ ބޭނުންކުރެވެމުންދާތީ، އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އެހެންކަމުން މެކްރޯ އިކޮނޮމިކް އަދި ބަޖެޓުގެ ސިޔާސަތުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން އިގުތިޞާދު ހަމައަކަށް އަޅުވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލީ ނިޒާމު ބައްޓަންކުރުމުގެ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން ގަވަރުނަރު ވިދާޅުވީ، އަމާޒަކީ “މެނޭޖްޑް ފްލޯޓިން” އެކްސްޗޭންޖް ރޭޓް ނިޒާމަކަށް ދިއުން ކަމަށެވެ. ނަމަވެސް އެފަދަ ނިޒާމެއް ކާމިޔާބުކަމާއެކު ހިންގޭނީ ސެންޓްރަލް ބޭންކުގައި އެކަށީގެންވާ ރިޒާވެއް ހުރެގެން ކަމަށާއި، ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައިވެސް ކަނޑައަޅާ ރޭޓް ހިފެހެއްޓެނީ ރިޒާވްގެ އެހީގައި ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މަދުވެގެން ތިން މަސް ނުވަތަ ހަތަރު މަސްދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒާވެއް އެމްއެމްއޭގައި ހުންނަންޖެހޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ކުރިއަށް އޮތް ދެތިން އަހަރުދުވަހުގެ ތެރޭގައި އެ މިންވަރަށް ރިޒާވް އިތުރުކުރެވޭނެ ކަމުގެ އުންމީދު އެބިއޮތް ކަމަށާއި، އެ ހިސާބަށް ދިއުމުން ދިވެހި ރުފިޔާއަށް ގެންނަން ބޭނުންވާ ޖުމްލަ ހެޔޮ ބަދަލުތައް ފުރިހަމަކުރެވޭނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދޭ ވެރިފިކޭޝަން ނިޒާމެއް

478614103

ބޭންކަށް ޑޮލަރު މާރުނުކުރަނީ ރަހާ ރިސޯޓާއި، ސައުތު ޕާމް ރިސޯޓު!

އެމްއެމްއޭ

ބޭރުފައިސާގެ ގާނޫނުގެ ދަށުން ޑޮލަރު މާރުނުކުރާ ފަރާތްތަކުގެ ނަންތައް އާންމުކޮށްފި

finance

ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ހިލޭ އެހީ ލިބިއްޖެ