ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭންކުތަކުގެ މެނޭޖްމަންޓް ލެވެލްގެ މަގާމުތަކުގައި ދިވެހިން 80 ޕަސަންޓަށް އިތުރުކުރުމަކީ އަމާޒެއް: މުނައްވަރު

STO_Ads
TTH_Ads
Advertisement

ބޭންކުތަކުގެ މެނޭޖްމަންޓް ލެވެލްގެ މަގާމުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް 80 ޕަސަންޓަށް އިތުރުކުރުމަކީ އަމާޒެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

“މޯލްޑިވްސް ޕްރިމިއާ ބޭންކު” ރަސްމީކޮށް އިފުތިހާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މުނައްވަރު ވިދާޅުވީ މިހާރު ރާއްޖޭގެ ބޭންކުތަކުގެ އިސް މަގާމުތަކުގެ ގާތްގަނޑަކަށް 40 ޕަސަންޓަކީ ބޭރުގެ މުވައްޒަފުން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ އަދަދު 20 ޕަސަންޓަށް ވުރެ ދަށްކޮށް، ދިވެހި ޒުވާނުންނަށް ބޭންކިން ދާއިރާގެ އިސް މަގާމުތަކަށް ވާސިލުވެވޭނެ މަގު ފަހިކޮށްދިނުމަކީ މައިގަނޑު އަމާޒެއް ކަމަށެވެ.

“އަޅުގަނޑުމެންގެ ތަސައްވުރަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި ނިސްބަތް 20 ޕަސެންޓަށް ނުވަތަ އެއަށްވުރެ ދަށަށް ތިރިކޮށް، މެނޭޖްމަންޓް މަގާމުތަކުގެ 80 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ ދިވެހިން ކަމުގައި ހެދުން،” މުނައްވަރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މުނައްވަރު ވިދާޅުވީ އެ އަމާޒު ހާސިލުކުރުމަށްޓަކައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސްއާ އެކު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށާއި، ބޭންކުތަކާ ގުޅިގެން އަންނަ އަހަރު “ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު” އެއް އުފެއްދުމަށް ނިންމާފައިވާކަމަށް މުނައްވަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރު ބޭންކުތަކަށް ޓެކުހަށް ކެނޑުމުގެ ކުރިން 5.15 ބިލިޔަން ރުފިޔާ (356 މިލިޔަން ޑޮލަރު) ގެ ފައިދާއެއް ލިބިފައިވާ ކަމަށެވެ. އަދި ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި 737.38 މިލިޔަން ރުފިޔާ ދައްކާފައިވާއިރު، މިއީ އެ އަހަރު ލިބުނު އިންކަމް ޓެކުހުގެ ޖުމްލަ އާމްދަނީގެ 14 ޕަސަންޓު ކަމަށެވެ.

ނަމަވެސް، ފަސް ބިލިއަން ޑޮލަރުގެ އަގުހުރި ފަތުރުވެރިކަމުގެ ދާއިރާއަށް ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވަނީ 800 މިލިޔަން ޑޮލަރު (13 ބިލިޔަން ރުފިޔާ) ކަމަށްވާތީ، އެއީ އެ ދާއިރާގެ އެންމެ 16 ޕަސަންޓުކަމަށް މުނައްވަރު ވިދާޅުވިއެވެ.

މިދިޔަ އަހަރު އެކަނިވެސް ބޭންކިން ފައިދާގެ 11 ޕަސަންޓް އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އެ ފައިސާ ރާއްޖޭގެ އިގްތިސޯދުގައި ދެމެހެއްޓުމަށްޓަކައި ދިވެހި ބޭންކުތައް އިތުރުކުރަން ޖެހޭ ކަމަށާއި، އެ ބަދަލުތަކަށް މަގުފަހިކުރުމަށް ބޭންކިން ގާނޫނު އިސްލާހުކުރުމަށާއި، އިސްލާމީ މާލީ ނިޒާމުގެ އާ ގާނޫނެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މުނައްވަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ “މޯލްޑިވްސް 2.0” ސިޔާސަތާ އެއްގޮތަށް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑިޖިޓަލް ބޭންކިން ވަސީލަތްތައް މެދުވެރިކޮށް ދިވެހި ވިޔަފާރިތަކާއި އާންމުން ދުނިޔޭގެ މާލީ ނިޒާމާ ފަސޭހައިން ގުޅުވައިދޭނެ ކްރޮސް-ބޯޑާ ޕޭމަންޓް ހިދުމަތްތައް ތަރައްޤީކުރުމަކީ މުހިންމު އަމާޒެއްކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

ބޭރު ފައިސާގެ ޤާނޫނަށް ގެންނަ އިސްލާޙުތަކުގެ މަޢުލޫމާތު މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފި ކިޔާދީފި

MMA

މިިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 221.8 މިލިޔަން ޑޮލަރު

MMA

ޖުލައި މަހު ވިއްކި ޑޮލަރު %172 މައްޗަށް

mma

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ޚިޔާލު ހުށަހެޅުމަށް އެމްއެމްއޭއިން ހުޅުވާލައިފި