އެމްޓީސީސީގެ “ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026” ގައި ބައިވެރިވުމުގެ ފުރު ސަތު ހުޅުވާލައިފިއެވެ.
މިއީ ދިވެހި ޒުވާނުން ބާރުވެރިކުރުވައި މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްގީކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެކެވެ. އަދި މިއީ ތައުލީމީ އަދި އަމަލީ ތަޖުރިބާގެ އިތުރުން ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވައިލައިފައިވާ 3 މަސްދުވަހުގެ ޕްރޮގްރާމެއްކަމަށް އެމްޓީސީސީން ބުންޏެވެ.
މިއަހަރުގެ ޕްރޮގްރާމްގެ ދަށުން 12 ދާއިރާއަކުން ޖުމްލަ 86 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެމްޓީސީސީން ބުނީ މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު އަށްހާސް ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ފުރުޞަތު ހުޅުވާލެވިފައިވާ ދާއިރާތައް:
• މެރިން މެކޭނިކް ޓްރެއިނީ
• މެކޭނިކް ޓްރެއިނީ
• ވެލްޑަރ ޓްރެއިނީ
• ޓިންކަރ ޓްރެއިނީ
• ފައިބަގްލާސް ޓެކްނީޝަން ޓްރެއިނީ
• އޮޓޯމޮބައިލް މެކޭނިކް ޓްރެއިނީ
• އޮޓޯމޮބައިލް އޭސީ މެކޭނިކް ޓްރެއިނީ
• އޮޓޯމޮބައިލް އިލެކްޓްރީޝަން ޓްރެއިނީ
• އިލެކްޓްރީޝަން ޓްރެއިނީ
• މެޝިނިސްޓް ޓްރެއިނީ
• އޭސީ ޓެކްނީޝަން ޓްރެއިނީ
• ބަސް ޑްރައިވަރު ޓްރެއިނީ
• ޓެކްސީ ޑްރައިވަރު ޓްރެއިނީ
• ޕްރޮޖެކްޓް އޮފިސަރު ޓްރެއިނީ
މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާގެ އިތުރުން ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ދަސްކޮށްދ،ީ މެންޓަރޝިޕް ފޯރުކޮށްދެވޭނެއެވ.ެ ކަސްޓަމަރ ސަރވިސް ފަޔަރ ސޭފްޓީ އަދި ހޭލުންތެރިކުރުވުމުގެ ތަމްރީނުތަކާއ،ި ކަމާ ގުޅޭ ފަންނީ އަދި އޮޕަރޭޝަނަލް ހާއްސަ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ލިބޭނެކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ، އެމްޓީސީސީން ދާއިމީ ވަޒީފާގެ ފުރުސަތު ލިބުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ބުންޏެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ސެޕްތެމްބަރު 2ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީ ވެބަސައިޓްގެ ކެރިއާ ޕޭޖް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.










ކިޔުންތެރިންގެ ހިޔާލު