ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެރަރިސްޓުންނަށް ވާގިވެރިވާ ލިސްޓުން ސޫރިޔާ ނެގުމުން ރާއްޖޭގެ މަރުޙަބާ!

Foreign ministry
STO_Ads
TTH_Ads
Maldivian_Ads
Advertisement

އެމެރިކާއިން އެކުލަވާލާފައިވާ ޓެރަރިޒަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުން ސީރިއާ ރަސްމީކޮށް އުނިކުރަން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

މި ނިންމުމާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ސޫރިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކޮށްފައެވެ. މިއާއެކު ސޫރިޔާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙަޔާއި، ހަމަޖެހުމާއި، ފާގަތިކަމަށް ރާއްޖެއިން ވަނީ އެދިފައެވެ.

މީގެއިތުރުން، އެމެރިކާގެ މި ނިންމުމުގެ ސަބަބުން ދިގުލީ ހަނގުރާމައަކަށްފަހު ސޫރިޔާ އަލުން އާރާސްތުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށާއި، އެ ޤައުމުގެ ރައްޔިތުންގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ދިވެހި ސަރުކާރުން ހާމަކުރެއެވެ.

HajjCop_ads
Advertisement

ދިވެހިރާއްޖެއިން އަބަދުވެސް ސޫރިޔާގެ ސިޔާދަތާއި، މިނިވަންކަމާއި، ސަރަޙައްދީ އިމުގެ އިސްތިޤްލާލަށް ފުރިހަމައަށް ތާއީދުކުރާކަން ފާހަގަކުރަމުން، ސޫރިޔާގެ ރައްޔިތުންގެ އުންމީދުތައް ޙާޞިލުކުރުމަށްޓަކައި އެ ޤައުމުގެ ރައްޔިތުން އިސްވެ، އެންމެންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ޞުލްޙަވެރި ސިޔާސީ ޙައްލަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަން ވަނީ ތަކުރާރުކޮށްފައެވެ.

އެމެރިކާއިން އެކުލަވައިލާފައިވާ ޓެރަރިޒަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުން ސޫރިޔާ ރަސްމީކޮށް އުނިކުރުމަކީ ސޫރިޔާގައި ވުނަކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ނައްތައިލުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސޫރިޔާގެ ސަރުކާރުން ސިފަކުރެއެވެ. މި ލިސްޓުން ސޫރިޔާ އުނިކުރުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 45 ދުވަހުގެ މުރާޖާއެއް ފަށައި، އެ ކަން ޤާނޫނުހަދާ މަޖިލީހަށް އަންގާފައިވަނީ ޖުލައި މަހުއެވެ. މި ނިންމުމާއެކު، ޓްރަމްޕްގެ ސަރުކާރާއި ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާޢުގެ ސަރުކާރާ ދެމެދު ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

މި ލިސްޓަށް އެމެރިކާއިން އެންމެ ފުރަތަމަ ސީރިއާ ލާފައިވަނީ 1979 ވަނަ އަހަރު، ކުރީގެ ރައީސް ޙާފިޡު އަލް-އަސަދުގެ ވެރިކަމުގައެވެ. އޭގެ ފަހުން އޭނާގެ ދަރިކަލުން ބައްޝާރުލް އަސަދުގެ ވެރިކަމުގައިވެސް އެ ލޭބަލް އޮތް ނަމަވެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހު އަލް-ޝަރާޢުގެ ހަނގުރާމަވެރިން ވަނީ އަސަދުގެ ވެރިކަން ވައްޓާލާފައެވެ.

މި ލިސްޓުން ސީރިއާ އުނިކުރުމާއެކު، ސީރިއާއަށް ބޭރުގެ އެހީ ދިނުމާއި، ދިފާއީ ސާމާނު ވިއްކުމާއި، މާލީ މުޢާމަލާތްތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އަދި ބޭރުގެ އިންވެސްޓަރުންނާއި ބޭންކުތަކުން ސީރިއާއާއެކު މުއާމަލާތްކުރުމަށް އޮތް ހުރަސް ނެތިގެންދިޔައީއެވެ. މީގެ އިތުރުން، ކުރިން އަލް-ޤައިދާއާ ގުޅުން އޮތް އަދި އަލް-ޝަރާޢު އިސްކޮށް ހުންނެވި ‘ހަޔާތު ތަޙްރީރުއްޝާމް’ ނުވަތަ އަލް-ނުސްރާ ފްރަންޓް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުންވެސް ވަނީ އުނިކޮށްފައެވެ.

އެމެރިކާގެ މި ނިންމުމަކީ އީރާނާއި ރަޝިޔާގެ ނުފޫޒުން އެ ގައުމު ދުރުކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. މިހާރު އެމެރިކާގެ މި ލިސްޓުގައި ބާކީ އޮތީ ކިއުބާ، އީރާން އަދި އުތުރު ކޮރެއާއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސީރިއާއަކީ މިހާރު ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްނޫން: އެމެރިކާ

ސީރިއާ ބައިބައިކޮށްލަން އިސްރާއީލުން ކުރާ މަސައްކަތް ކާމިޔާބުވިޔަކަ ނުދޭނަން: ސީރިއާގެ ވަގުތީ ރައީސް އައްޝަރާއާ

ސީރިއާގެ ގޯލާން ހައިޓްސްގައި އިސްރާއީލު ސިފައިންގެ މީހަކު މަރާލައިފި

ސީރިއާގެ ބިމުން އިސްރާއީލު ސިފައިން ބާލަން ޕްރެޝަރކޮށްދޭން ސީރިއާ ސަރުކާރުން އދގައި ގޮވާލައިފި