ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ ހަފްތާގައި ސްކޭމްގެ 39 މައްސަލަ، ގެއްލުނު ފައިސާގެ ޢަދަދު 4 ލައްކައަށްވުރެ ގިނަ

Maldivian_Ads
TTH_Ads
STO_Ads
Advertisement

މިދިޔަ ހަފުތާގައި ސްކޭމުގެ 39 މައްސަލަ ހުށައަޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 16 އިން 22 އަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 39 މައްސަލަ ހުށައަޅާފައިވާއިރު، ޖުމްލަ 457,776.96 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވެއެވެ. އަދި  ކަމާ ގުޅޭ މުއައްސަސާތަކާއި ބޭންކުތަކުގެ އެއްބާރުލުމާއެކު ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ތެރެއިން 222,755.20 ރުފިޔާ ވަނީ އަނބުރާ ހޯދިފައިވާއިރު، މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރި ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ފުލުހުން ބުންޏެވެ.

ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 5 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ފުލުހުން ބުނީ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުން ކޮށްފައިވަނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ “އީ-ކޮމާސް” ސްކޭމްތައް ކަމަށެވެ. މިފަދަ 13 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. ދެން އެންމެ ގިނައީ ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާފައިވާ މަކަރާއި ހީލަތުގެ 10 މައްސަލައެވެ.

HajjCop_ads
Advertisement

މީގެ އިތުރުން ދަންނަ މީހުންގެ ނަމުގައި ގުޅައިގެން ނުވަތަ މެސެޖު ކޮށްގެން ފައިސާ ހޯދި 5 މައްސަލައަކާއި، ބުކިންގ ކެންސަލް ނުވަތަ ރިފަންޑާ ގުޅުވައިގެން ހިންގި 4 މައްސަލައެއްގެ އިތުރުން ކުރު މުއްދަތެއްގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ހިންގި އިންވެސްޓްމަންޓް 2 ސްކޭމެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެހެނިހެން ގޮތްގޮތަށް ހިންގާފައިވާ 5 މައްސަލައެއްވެސް ހިމެނެއެވެ.

ސްކޭމްތައް ހިންގާ ވަސީލަތްތަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ %99 އަކީ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސްކޭމްތަކުގެ %95 ހިއްސާކުރަނީ، ސީދާ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކަށެވެ.

އީ-ކޮމާސް ސްކޭމްތަކަކީ، މިދިޔަ ހަފުތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތައް ކަމަށްވާތީ އޮންލައިންކޮށް ވިޔަފާރި ކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

އަދި ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގާ ސްކޭމްތައް މިހާރަކަށް އައިސް އިތުރުވަމުންދާތީ، އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. ބޭރު ފައިސާ މާރުކުރުމުގައި ލައިސަންސް އޮތް އެކްސްޗޭންޖުތައް އެކަނި ބޭނުންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

އޮންލައިންކޮށް ވިޔަފާރި ކުރުމުގައި އިތުބާރު ނުކުރެވޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށާއި، މުދާ ލިބުމުން ފައިސާ ދެއްކުމުގެ ކޭޝް އޮން ޑެލިވަރީ އުސޫލަށް އިސްކަންދިނުމަކީވެސް، މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު