ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލީގޮތުން ތަނަވަސް ބޮޑެތި ޤައުމުތަކުން ކުދި ޤައުމުތަކަށް ރަނގަޅުގޮތްވާކަށް ނޭދޭ: އިންފަންޓީނޯ

2026 08 13T094344Z 583864029 RC2VTMA5TI8B RTRMADP 3 SOCCER ASIA INFANTINO
STO_Ads
Maldivian_Ads
TTH_Ads
Advertisement

މާލީ ތަނަވަސް ލިބިފައިވާ ބޮޑެތި ޤައުމުތަކުން، މާލީ ތަނަވަސްކަން ނެތް ނުވަތަ އެފަދަ އެހީތެރިކަން ބޭނުންވާ ޤައުމުތަކަށް ރަނގަޅުގޮތްވުމަށް ނޭދޭކަމަށް ފުޓް ބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތުހުމަތުކޮށްފިއެވެ.

ޑޮމިނިކަން ރިޕަބްލިކްގައި ކެރީބިއަން ފުޓްބޯލް ޔޫނިއަން، ސީއެފްޔޫގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން އިންފަންޓީނޯ ބުނީ ފީފާފެ މެމްބަރު 211 އެސޯސިއޭޝަންތަކުގެ ތެރެއިން މާލީ ގޮތުން ތަނަވަސްކަން ލިބިފައިވާ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ނިސްބަތްވާ އެސޯސިއޭޝަންތަކާއި އެތަނަވަސްކަން ނެތް އެސޯސިއޭޝަން ތަކާއި ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ފީފާއިން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. ނަމަވެސް މާލީކަމުގެ ތަނަވަސް ކަން ލިބިފައިވާ އެސޯސިއޭޝަންތަކުން އެކަން އެގޮތަށް ވާން ނޭދޭކަމަށް އިންފަންޓީނޯ ހާމަކުރިއެވެ.

އިންފަންޓީނޯ ބުނީ މިއީ އެޖަމްއިއްޔާއިން ކުރަންޖެހޭ މަސައްކަތެއްގެ އިތުރުން އެޅިފައިވާ ޒިންމާއެއް ކަމަށެވެ. އަދި ފީފާގެ މެންބަރު 211 އެސޯސިއޭޝަންތައް ނިސްބަތްވާ ހުރިހާ ޤައުމުތަކުގައިވެސް ފުޓުބޯޅަ ކުރިއަރުވަން ބޭނުން ވާކަމަށް އޭނާ ބުންނެވެ. ނަމަވެސް ބައެއް ޤައުމުތަކަށް މިކަން ބޭނުން ނުވާއިރު އަނެއްބައި ޤައުމުތަކުން އެކަން ވިޔަދޭކަށް ބޭނުމެއް ނުވެއެވެ.

HajjCop_ads
Advertisement

މިފަރަގަކީ ކުޑަކުރަން ޖެހޭ އެއްޗެއް ކަމަށާއި އެހެން ނޫނީ ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކުގެ ފުޓުބޯޅައިގައި ފެނިގެންދާ ތަފާތު އަބަދުވެސް އޮންނާނެ ކަމަށް އިންފަންޓީނޯ ފާހަގަ ކުރިއެވެ. މިގޮތުން ކުދި ޤައުމުތަކުގެ ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި ބޭނުންވާ އިންވެސްޓްމަންޓް ހޯދާ ފުރުސަތު ތަނަވަސްކުރަން ޖެހޭކަމަށެވެ. އަދި ފީފާއިން މިދިޔަ 10 އަހަރު ކުރަމުންދިޔައީ އެކަން ކަމަށާއި އަދި ވޭތުވެދިޔަ 10 ހަފްތާގައިވެސް ކުރަމުންދިޔައީ އެކަން ކަމަށް އިންފަންޓީނޯ ބުންޏެވެ. އަދި ކުރިއަށްއޮތް އަހަރު ތަކުގައި ފީފާއިން އެކަން ކުރުމުގައި ދެމި ތިބޭނެ ކަމަށްވެސް އެޖަމްއިއްޔާގެ ރައީސް ބުންޏެވެ.

ފީފާއިން ކުރިއަށް ގެންދާ ހުރިހާ މުބާރާތްތަކެއްގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި އައު އެންޓިޓީއެއް ހަދާ އެތަނުގެ މަދު ހިއްސާ ވިޔަފާރީގެ އުސޫލުން ވިއްކުމަށްމަގުފަހި ގޮތްދޭގޮތަށް އިންފަންޓީނޯ އިސްނަގައިގެން ހެދި ޕްރޮޕޯސަލާއި ގުޅިގެން ފުޓުބޯޅައިގެ ދުނިޔޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިގެން ގޮސްފައެވެ.

އިންފަންޓީނޯ ހުށަހެޅި ޕްރޮޕޯސަލްގެ ދަށުން ފީފާގެ މެންބަރު ކޮންމެ އެސޯސިއޭޝަނަކަށް 40 މިލިއަން ޑޮލަރު ލިބިގެންދާނެއެވެ. މިއީ ކުދި ޤައުމުތަކަށް ކުޑަ އަދަދެއް ނޫންނެވެ. އަދި ހިއްސާ ވިއްކުމާއެކުވެސް މުބާރާތްތައް އިންތިޒާމުކޮށް ހިންގުމުގެ ބާރު އޮންނާނީ ފީފާގެ ދަށުގައި ކަމަށް އެޕްރޮޕޯސަލްގައި ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް ޔުއޭފާ އާއިި އޭއެފްސީ އަދި ކޮންކާކަފްއިން މިކަމަށް ދެކޮޅު ހެދުމާއި އެކު މި ޕްރޮޕޯސަލްގެ މަސައްކަތް ވަނީ ހުއްޓާލައިފައެވެ. އަދި އިންފަންޓީނޯ އިސްތިއުފާ ދިނުމުގެ އިތުރުން ކުރިއަށް އޮތް އިންތިހާބުގައި އޭނާއަށް ތާއީދު ނުކުރުމަށްވެސް ވަނީ ނިންމައިފައެވެ. މިތިން ފެޑެރޭޝަނަށް ބަލާލާއިރު އިންފަންޓީނޯ އެބުނާ މާލީ ތަނަވަސްކަމުގެ އިތުރުން ނުފޫޒުގަދަ ޤައުމުތައް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3624251

މަރަޑޯނާ އަތުން ގޯލުޖެހި ބޯޅަ 3.3 މިލިއަން ޑޮލަރަށް ވިއްކާލައިފި

ފީފާގެ ރައީސް ކަމަށް ވާދަނުކުރާނެކަމަށް ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ކެފަރިން ބުނެފި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

2c9dcb20 97a6 11f1 b9b1 c18c7ed25243

އިންފަންޓީނޯއަށް ކުރި ތާޢީދު ނިއުޒީލެންޑުން އަނބުރާ ގެންގޮސްފި