ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީއަށް މިދިޔަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް

Maldivian_Ads
TTH_Ads
STO_Ads
Advertisement

އެމްޓީސީސީން ނެރެ އާއްމުކޮށްފައިވާ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށް ބަލާއިރު ގްރޫޕް ކުންފުންޏަށް މިދިޔަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރު ހިދުމަތް ދިނުމުގެ ހަރަދުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ރެކޯޑް ކުރެވިފައިވާއިރު، އެމްޓީސީސީ ހިންގުމުގެ ފައިދާ 8 އިންސައްތަ އިތުރުވެ 179 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ

އެމްޓީސީސީގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު 2024 ވަނަ އަހަރާ އަޅާބަލާއިިރު މިދިޔަ އަހަރު އެކުންފުނީގެ އިދާރީ ހަރަދުތައް 366.9 މިލިއަން ރުފިޔާގައި ހުރިއިރު، ފައިސާ ހޯދުމަށް ކުރި ހޭދަ ވަނީ ދަށަށްގޮސްފައެވެ. އެގޮތުން 2024 ވަނަ އަހަރު ފައިނޭންސް ކޯސްޓް ގޮތުގައި 125.2 މިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރު މި އަދަދު ހުރީ 83.2 މިލިއަން ރުފިޔާގައެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ.

HajjCop_ads
Advertisement

އެމްޓީސީސީ މާލީ ބަޔާނުގެ އުސްއަލިތަކަށް ބަލާއިރު، އަނބުރާ ދައްކަން އޮތް ދަރަނި ނިސްބަތުން ދަށްވަމުން އަންނައިރު، މިހާރު އަނބުރާ ދައްކަން ހުރި ދަރަނި އުޅެނީ 206.5 މިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ ކުރީ އަހަރު މި އަދަދު ހުރީ 230.7 މިލިއަން ރުފިޔާގައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 24 at 17.01.39

ރައީސް ދެއްވި ޔަގީންކަމާއެއްގޮތަށް މުރައިދޫ މިސްކިތުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށް

WhatsApp Image 2026 08 24 at 17.01.38

ދެއްވަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 08 24 at 10.15.47

އުލިގަމު އިމިގްރޭޝަން އޮފީސް އިމާރާތުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 08 23 at 17.36.56

ނައިފަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ