ބޭންކް އޮފް މޯލްޑިވްސްއިން އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ހިންގަމުން އަންނަ އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމް ކާމިޔާބުކަމާއެކު ށ. ފުނަދޫ އަދި  މިލަންދޫ ސްކޫލްގައި ނިންމާލައިފިއެވެ.

ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޜަންގެ 10 އަންހެން މުވައްޒަފުންގެ ޓީމަކުން ވަނީ ށ. ފުނަދޫ ސްކޫލް އަދި އެ އަތޮޅު މިލަންދޫ ސްކޫލްގެ ގްރޭޑް 7 އިން 10އާ ދެމެދުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ސެޝަންތަކެއް ބާއްވާފައެވެ. މި ޕްރޮގްރާމްގައި ދަރިވަރުންނަށް އައިސީޓީ ތައާރަފްކޮށްދީ، ޓެކްނޮލޮޖީ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުންވެސް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.

WhatsApp Image 2026 08 24 at 12.14.49

އިޝްތިހާރު އިޝްތިހާރު

މި ހަރަކާތަކީ އިންޓަނޭޝަނަލް ގަރލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމުގެ ގޮތުން، ޓެކްނޮލޮޖީ ދާއިރާއިން ތައުލީމާއި ވަޒީފާގެ ފުރުސަތުތަކަށް އަންހެން ކުދިން ޝައުޤުވެރިކުރުވުމުގެ މަގުސަދުގައި ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ މި ޕްރޮގްރާމް ޖެހިޖެހިގެން ބާއްވާ ހަތަރުވަނަ އަހަރެވެ.