ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގޭސްފުޅި ގޮވި ހާދިސާގައި 41 މީހަކަށް އެހީވަނީ

TTH_Ads
STO_Ads
Maldivian_Ads
Advertisement

ރޭ ފަތިހު މއ. ދޫގަސްވިލާގައި ގޭސް ފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި އެ ގެއާއި ޖެހިގެން ހުރި އިމާރާތަށް ގެއްލުންވެ ޖުމްލަ 41 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.

ދެ ބުރީގެ އިމާރާތެއް ކަމަށްވާ ދޫގަސްވިލާގެ ފަސް ކޮޓަރީގައި 15 ބިދޭސީން ދިރިއުޅެމުން ދިޔައިރު އެ އެންމެން ރައްކާތެރިކަމާ އެކު ބޭރަށް ނެރެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.

ނަމަވެސް އެ ގޭގައި ތިބި ހަތަރު މީހަކަށް އަނިޔާވެ އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ. ތިންވަނަ މީހާއަށް އިމަޖެންސީ ރޫމުގައި އަދި ހަތަރުވަނަ މީހާއަށް ވޯޑުގައި ފަރުވާ ދެމުން ގެންދެއެވެ.

HajjCop_ads
Advertisement

ފިހިގެން ފަރުވާ ހޯދަމުން ދަނީ އިންޑިއާގެ ތިން މީހަކާއި ސްރީ ލަންކާ މީހެކެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި އެވެ.

ދޫގަސްވިލާއާ އިންވެގެން ހުރި މއ. ދޫގަސް 1 އަކީ ފަސް ބުރީގެ އިމާރާތެކެވެ. އެ ހާދިސާގެ ސަބަބުން އެ ގެއިން ފެނުގެ ޚިދުމަތް ކެނޑި އެ ތަނުގައި ދިރިއުޅެމުން ދިޔަ 20 ދިވެހިންނާއި ހަ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެންޑީއެމްއޭ އިން ބުނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކަށް ޒަރޫރީ ބޯހިޔާވަހިކަމާއި އެ ނޫން ވެސް ބޭނުންވާ އެހީ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. ބިދޭސީންނާ ގުޅޭ ގޮތުން އެ ފަރާތްތަކުގެ ސްޕޮންސަރުންނާ ގުޅައި ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އަންގާފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެފައިވެއެވެ.

އެންޑީއެމްއޭގެ އިމަޖެންސީ މެނޭޖްމަންޓް ޓީމު މިހާރު ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެ ހާދިސާގެ އަސަރުކުރި ފަރާތްތަކަށް އެހީ ފޯރުކޮށްދެމުން ގެންދެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ހެންވޭރުގައި ރޯވި އެޕާޓްމަންޓުން ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

Photo 6053157024305976197 y

އަލިފާނުގެ ހާދިސާއާ ގުޅިގެން ފަހިވައި ގޭގައި އުޅުނު ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ގުރައިދޫގެ ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

Io

ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި