ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ލިސްޓު ޑިސެމްބަރު މަހު އާންމުކުރަނީ

Fahi flats
TTH_Ads
Maldivian_Ads
STO_Ads
Advertisement

ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ލިސްޓު މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އާންމުކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން “ރާއްޖެމިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، ލިސްޓު އާންމުކުރުމަށްޓަކައި ކުރަންޖެހޭ ފޯމުތައް ވެރިފިކޭޝަން ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި މުއްދަތު މިދިޔަ ޖޫން މަހުގެ 15 ގައި ހަމަވިއިރު، “ބޯހިޔާވަހިކަން ޕޯޓަލް” މެދުވެރިކޮށް ޖުމްލަ 58,505 ފޯމު ވަނީ ހުށަހަޅާފައެވެ.

ހައުސިން މިނިސްޓްރީގެ މައުލޫމާތުތަކަށް ބަލާއިރު، ހުށަހެޅުނު ފޯމުތަކުގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމު ހިމެނެއެވެ. ފޯމުތަކުގައިވާ މައުލޫމާތާއި ސަރުކާރުގެ އިދާރާތަކުން ލިބިފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާ ނަމަ، އެކަން ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގައި، އެކަންކަން އިސްލާހުކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

ސްޓޭޓް މިނިސްޓަރު ނާޒިމް ވަނީ އެއްވެސް މައުލޫމާތެއް އިސްލާހުކުރަން ޖެހިއްޖެ ނަމަ، އެންމެ ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް ޕޯޓަލް މެދުވެރިކޮށް އެކަން ނިންމެވުމަށް އެދިވަޑައިގެންފައެވެ. އަދި ސިޓީއާއި އީމެއިލްގެ ބަދަލުގައި ހުރިހާ މުއާމަލާތްތަކެއްވެސް ޕޯޓަލް މެދުވެރިކޮށް ކުރުމުން މައުލޫމާތުތައް ޓްރެކްކޮށް، މައްސަލަތައް އިމީޑިއެޓްކޮށް ހައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓު އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓު ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި ފްލެޓުތަކުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްގެން ފަށާފައިވާއިރު، 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމައި ހަވާލުކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން ހިއްކަމުންދާ ރަސްމާލެއިންވެސް ފުރަތަމަ ބުރުގައި 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Passport

ހިޔާވެހި ސްކީމުން އިތުރު 629 މީހަކަށް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ލޯނު ދޫކުރަނީ

Qw

ފުލުހުންގެ މައި މަރުކަޒާއި ދޮށިމޭނާ ބިލްޑިންގާ ދެމެދު އޮންނަ އެއްގަމު ތޮށްޓަށް އާންމު އުޅަނދުތައް ކައިރިކުރުން މަނާކޮށްފި

Io

ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކޮށްފި

43

1000 ހައުސިންގ ޔުނިޓުގެ މަސައްކަތް ދިވެހި ކުންފުނިތަކާ ހަވާލުކުރަނީ