ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންފޯމޭޝަން ކޮމިޝަނަރުކަމަށް ފުރަަތަމަ ކޮމިޝަނަރު އަބްދުލްއަޒީޒް އައްޔަންކުރަން ފޮނުއްވައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

އިންފޯމޭޝަން ކޮމިޝަނުގެ މަގާމުގެ ދައުރު ހަމަވާތީ އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ކުރީގެ އިންފޯމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކަރުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އެންމެ ފުރަތަމަ އަދާކުރެއްވި ބޭފުޅަކީ ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. އޭނާއަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އެކުލަވަައިލުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

އިންފޯމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ގިނަ ގަވާއިދުތަކެއް އެކުލަވައިލައްވައި، ކޮމިޝަނަރުގެ އޮފީހުގެ އިދާރީ އޮނިގަނޑުތަކާއި ތަރުތީބުތައް އިންތިޒާމުކުރެއްވުމުގައިވެސް ގިނަ މަސައްކަތްތަކެއް ޢަބްދުލްޢަޒީޒު ކުރެއްވިއެވެ.

HajjCop_ads
Advertisement

ޢަބްދުލްޢަޒީޒް މިވަގުތު ހުންނެވީ ސަގާފަތާއި ފަންނާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ އަންނަ ސެޕްޓެންބަރު މަހުގެ ހަވަނަ ދުވަހު މިހާރު އެ މަގާމުގައި ހުންނެވި އަޙްމަދު އާހިދު ރަޝީދުގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލުމުން އަޒީގެ އިތުރަށް ބައެއް ބޭފުޅުން ކުރިމަތިލައްވާފައިވާއިރު، އެ ބޭފުޅުންގެ ނަންތައްވެސް ރައީސް މަޖިލީހަށް ފޮނުއްވިއެވެ.

މިއަދުގެ މަޖިލީހުގައި ރައީސްގެ ސިޓީ އަމީން އާއްމު އިއްވަވައިދެއްވުމުން މަޖިލީހުގެ ރިޔާސަތު ނިންމަވާފައިވަނީ އަޒީގެ ނަންފުޅު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވުމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު