ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ސާފު ފައިދާ 69 މިލިއަން ރުފިޔާއަށް އަރައިފި

mtcc
TTH_Ads
STO_Ads
Maldivian_Ads
Advertisement

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ޓެކްސް އުނިކުރުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 69.04 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން އާންމުކުރި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއީ އޭގެ ކުރީ ކުއާޓަރާ އަޅައިބަލާއިރު އާމްދަނީއާއި ފައިދާގެ ގޮތުން ލިބުނު ބޮޑު ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 724.45 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 101.06 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނު 501.19 މިލިއަން ރުފިޔާއާއި، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު 29.26 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ފާހަގަކޮށްލެވޭ މިންވަރުގެ ކުރިއެރުމެކެވެ. މީގެ އިތުރުން ކުންފުނީގެ ހިއްސާއަކަށް ޖެހޭ ފައިދާ ވަނީ ތިންވަނަ ކުއާޓަރުގައި ހުރި 1.66 ރުފިޔާއިން 7.82 ރުފިޔާއަށް އިތުރުވެފައެވެ.

HajjCop_ads
Advertisement

ކުންފުނީގެ ވިޔަފާރީގެ ދާއިރާތަކަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ އުމްރާނީ ތަރައްގީއާއި ބިން ހިއްކުމުގެ މަސައްކަތްތަކުންނެވެ. މި ދާއިރާއިން ސާފު އާމްދަނީގެ ގޮތުގައި 589.46 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 40.53 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ވިޔަފާރިކުރުމުގެ ދާއިރާއިން 92.07 މިލިއަން ރުފިޔާގެ އާމްދަނީއަކާއެކު 27.83 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއެއް ވަނީ ހޯދާފައެވެ.

ދަތުރުފަތުރުގެ ހިދުމަތްތަކުން 38.23 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު، އެ ދާއިރާގެ ހިންގުމުގެ ފައިދާ އުޅެނީ 11.30 މިލިއަން ރުފިޔާގައެވެ. އެހެނިހެން ދާއިރާތަކުން އާމްދަނީގެ ގޮތުގައި 4.67 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މާލީ ކުރިއެރުމުގެ އިތުރުން، ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީން ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށައި، ބައެއް މަޝްރޫއުތައް ނިންމާފައެވެ. އެގޮތުން 1.51 ބިލިއަން ރުފިޔާގެ އަގުހުރި 111 އާ މަޝްރޫއެއްގައި ސޮއިކޮށްފައިވާ އިރު، 301.69 މިލިއަން ރުފިޔާގެ ހަތް މަޝްރޫއެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ.

ނިމުނު މަޝްރޫއުތަކުގެ ތެރޭގައި މ. މުލީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި، ހދ. ނޮޅިވަރަންފަރުގެ ނެރު ފުންކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ. އަދި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން އިމާރާތްކުރުމުގެ 63 މަޝްރޫއެއްގެ އަމަލީ މަސައްކަތް މި މުއްދަތުގެ ތެރޭގައި ވަނީ ފަށާފައެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ނ. އަތޮޅާއި ރ. އަތޮޅު ގުޅުވާލަދޭ ފެރީގެ ހިދުމަތް ވަނީ ފަށާފައެވެ. އަދި 14 ޑިސެމްބަރު 2025 ގައި ރ. ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ވަނީ ފަށާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 23 at 17.36.56

ނައިފަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ

Big 19MIlWBpuBiDhBq3HHRcddeCA

މާފުށީ ބަނދަރުގައި މިހާރު ކުރިއަށްދަނީ ބޮޑުހިލަ ޖެހުމުގެ މަސައްކަތް

WhatsApp Image 2026 08 23 at 10.07.39

ނައިވާދޫ ސުކޫލް މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

ނިމުނު އަހަރު އެމްޓީސީސީއަށް 2.1 ބިލިއަނުގެ އާމްދަނީއެއް