ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަންގްލަދޭޝްގެ އާ ރައީސަށް، ރައީސް މަރުޙަބާ ވިދާޅުވެއްޖެ

B 202608211131291787337089.2823
TTH_Ads
Maldivian_Ads
STO_Ads
Advertisement

ބަންގްލަދޭޝްގެ ރައީސްކަމުގެ މަގާމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މިރުޒާ ފަހްރުލް އިސްލާމް އާލަމްގީރަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް، ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ފާއިތުވި 35 އަހަރުގެ ތެރޭގައި އެ ގައުމުގައި ބޭއްވި ފުރަތަމަ ވާދަވެރި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަކީ، އާލަމްގީރުގެ ގާބިލުކަމާމެދު ރައްޔިތުން ކުރާ އިތުބާރު ރަމްޒުކޮށްދޭ އަދި އެ ގައުމުގެ ޑިމޮކްރަސީއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ތާރީހީ އެކުވެރިކަމާއި، ސަރަހައްދީ ހަމަޖެހުމަށް ދެ ގައުމުން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، އާ ޒައާމަތުގައި އެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

HajjCop_ads
Advertisement

އަދި ބަންގްލަދޭޝްގެ ރައްޔިތުންނަށް ދާއިމީ ސުލްހައާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ގާނޫނުހަދާ މަޖިލީހުގައި ބުރާސްފަތި ދުވަހު ނެގި ސިއްރު ވޯޓުގައި، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)އަށް ނިސްބަތްވެވަޑައިގަންނަވާ އުމުރުން 78 އަހަރުގެ އާލަމްގީރު ރައީސްކަން ކަށަވަރު ކުރެއްވީ މަޖިލީހުގެ 255 ވޯޓާއެކުގައެވެ.

އޭނާއާ އެންމެ ގާތުން ވާދަކުރެއްވި، އިދިކޮޅު 11 ޕާޓީގެ އިއްތިހާދުގެ ކެންޑިޑޭޓް އަދި ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން ރިޓަޔާޑް ކާނަލް އޮލީ އަހްމަދަށް ލިބިވަޑައިގަތީ 88 ވޯޓެވެ.

ބަންގްލަދޭޝްގައި ރިޔާސީ އިންތިހާބެއް މި ބޭއްވީ، ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އަރިސް ބޭފުޅެއް ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ޝަހާބުއްދީން، އިދިކޮޅުގެ ޕްރެޝަރާއި ސިއްހީ ސަބަބުތަކާހުރެ މިދިޔަ ޖުލައި މަހުގެ 24 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ ގައުމުގެ ގާނޫނުއަސާސީ ލާޒިމުކުރަނީ ރައީސަކު އިސްތިއުފާ ދެއްވާތާ 90 ދުވަހުގެ ތެރޭގައި އާ ރައީސަކު އިންތިހާބު ކުރުމަށެވެ. އާ ރައީސް އާލަމްގީރަކީ 1969 ވަނަ އަހަރު ޕާކިސްތާނުގެ އަސްކަރީ ވެރިކަމާ ދެކޮޅަށް ޑާކާ ޔުނިވާސިޓީގެ ދަރިވަރުން ހިންގި ހަރަކާތްތަކުގެ ތެރެއިން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި ލީޑަރެކެވެ.

އޭނާ ވަނީ މީގެކުރިން އެ ގައުމުގެ ލޯކަލް ގަވަމަންޓް މިނިސްޓަރުކަމާއި، ދަނޑުވެރިކަމާ ބެހޭ މިނިސްޓަރުކަމުގެ އިތުރުން ޓޫރިޒަމް އަދި އޭވިއޭޝަން މިނިސްޓަރުކަންވެސް އަދާކުރައްވާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Nimaal

ބަންގްލަދޭޝްގައި ދިވެހި މަސްވެރިކަމާއި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

ފުލުހުންނަށް ފަންނީ ތަމްރީނު ހޯދުމާ ގުޅޭގޮތުން ބަންގްލަދޭޝްއާއެކު މަޝްވަރާކޮށްފި

ބަންގްލަދޭޝްގެ ތާރީޚުގައި ވެސް މިހާތަނަށް ފެނިފައިނުވާ މިންވަރަށް ހިމަބިހި ފެތުރެނީ

988

ރާއްޖޭގައި ބަންގްލަދޭޝް މީހުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެ ގައުމުން އެދިއްޖެ