ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ބަންގްލަދޭޝް މީހުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެ ގައުމުން އެދިއްޖެ

988
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގައި ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ގައުމުގެ ބޮޑުވަޒީރުގެ ފޮރިން އެފެއާޒް އެޑްވައިޒަރު ހުމާޔޫން ކަބީރު، ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދާ އެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައި އެދިވަޑައިގެންފިއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ތޭޖްގާއޯންގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވި މި އިހުތިރާމުގެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ދެފަރާތަށް ފައިދާހުރި އެކި ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. ހާއްސަކޮށް ފަތުރުވެރިކަމަށް ބަރޯސާވާ ރާއްޖޭގެ އިގުތިސާދުގައި ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް އިތުރު ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމުގެ މުހިންމުކަމުގެ މައްޗަށް ހުމާޔޫން ކަބީރު ބާރުއެޅުއްވި ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި މިހާރުވެސް ބަންގްލަދޭޝްގެ އެއް ލައްކައެއްހާ މީހުން އެކި ދާއިރާތަކުގައި މަސައްކަތްކުރަމުންދެއެވެ. ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި އެއް ގައުމަކުން އެންމެ ގިނަވެގެން ގެނެވެނީ ވަކި މިންވަރަކަށް މީހުންނެވެ. ބަންގްލަދޭޝްގެ އަދަދު ކަނޑައެޅިފައިވާ މިންވަރަށްުރެ އިތުރުވެފައިވާތީ ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ ގައުމުގެ އާންމު މަސައްކަތްތެރިންނަށް އާ ވިސާ ދޫކުރުން ހަރުކަށިކޮށްފައެވެ. ނަމަވެސް، ބަންގްލަދޭޝް ސަރުކާރުން ދަނީ މި ކޯޓާ އިތުރުކޮށްދީ، އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެއިން އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ޑިޕްލޮމެޓިކް ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

HajjCop_ads
Advertisement

މި ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދެފަރާތުން އެއްބަސްވިއެވެ. ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަކީ ބަންގްލަދޭޝްއަށް ބޮޑެތި ފުރުސަތުތަކެއް އޮތް ދާއިރާއެއްގެ ގޮތުގައި އެ ގައުމުން ދެކެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ރާއްޖޭގެ އިގުތިސާދީ ކުރިއެރުމުގައި އެ މީހުންގެ ހިއްސާ ބޮޑުކަން ދެ ގައުމުގެ އިސް އޮފިޝަލުންވެސް ފާހަގަކުރައްވާއިރު، މީގެ ކުރިންވެސް ދެ ގައުމުގެ ދެމެދުގައި މަސައްކަތްތެރިންނާ ގުޅޭ އެކި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެއެވެ. މިހާރު އަމާޒު ހިފާފައިވަނީ ގަވާއިދާ އެއްގޮތަށް، ރައްކާތެރި މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ވަނީ އެއްބަސްވެފައެވެ. ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއާއި އާންމު ހިދުމަތްތަކުގެ ދާއިރާގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން މުހިންމު ދައުރެއް އަދާކުރާއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ އިދާރާތަކުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މި މައްސަލަތަކާ ގުޅިގެން ދެ ގައުމުގެ ސަރުކާރުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، މި ބައްދަލުވުމަށްފަހު ދެ ގައުމުގެ ކަމާބެހޭ ވުޒާރާތަކުން ގުޅިގެން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202608211131291787337089.2823

ބަންގްލަދޭޝްގެ އާ ރައީސަށް، ރައީސް މަރުޙަބާ ވިދާޅުވެއްޖެ

Qw

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ އަނބު ހަދިޔާކޮށްފި

Qw

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

HOEZsYZbIAEzIEa

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް