ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަގުމަގު ޕޯޓަލް: ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 2724 މީހުން އެޕް ބޭނުންކުރޭ

TTH_Ads
Maldivian_Ads
STO_Ads
Advertisement

ބާޒާރާއި ފިހާރަކުގައި ތަކެތި ހުރި އަގުތައް ބެލޭނެ ގޮތައް ތައްޔާރުކޮށްފައިވާ އަގުމަގު ޕޯޓަލްގައި މިހާތަަނަށް 224 ފިހާރަ ރަޖިސްޓްރީކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އަގުމަގު ޕޯޓަލްގެ ބޭނުމަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމެއެވެ. މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީ އަގުތައް އެއްތަނަކުން ބަލާލެވޭނެއެވެ. ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ބެލޭނެ “އަގުމަގު” ޕޯޓަލް ލޯންޗުކޮށްފައިވަނީ 28 ފެބުރުވަރީ 2025 ގައެވެ.

މި ޕޯޓަލް މެދުވެރިކޮށް ފެންނަނީ ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތަކެވެ. ނަމަވެސް މިހާރު އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އަގުމަގު އެޕް ތަޢާރަފްކޮށްފައެވެ. މީގެ ސަބަބުން އަތޮޅުތަކުގެ ރަށްރަށުގައިވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

HajjCop_ads
Advertisement

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އަގުމަގު އެޕް މިހާތަނަށް 3300 އަށްވުރެ ގިނަ މީހުން ޑައުންލޯޑްކޮށްފައިވާކަމަށެވެ. ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 2700 އަށްވުރެ ގިނަ މީހުން މި އެޕް ބޭނުންކުރާއިރު، މިހާތަނަށް 224 ފިހާރައަކުން އެޕްގައި ރަޖިސްޓްރީވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އެޕް މެދުވެރިކޮށް އެކި ފިހާރަކުގައި މުދާ ވިއްކަން ހުރި އަގުތައް ވަރަށް ފަސޭހައިން ބަލާލާއި އަޅާ ކިޔާލެވޭނެކަމަށެވެ. އަދި އެންމެ އަގު ހެޔޮކޮށް ތަކެތި ލިބެން ހުރި ތަން ވަގުތުން ބަލާލެވޭނެކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށެވެ. ބާޒާރުގައި ތަކެތީގެ އަގުތައް ފެންނަން ހުންނާނެ އަގުމަގު އެޕް ތައާރަފްކޮށްފައިވާއިރު މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނާނެއެވެ.

މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނާނެއެވެ. ގަންނަ ތަކެތި ބާޒާރުގައި ލިބެން ހުރި އެންމެ ފަހުގެ އަގުތައް ބަލާލެވޭނެއެވެ. އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖްކޮށް އަގު އަދި އެންމެ ބޮޑު އަގުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައި ބަދަލުތައްވެސް ބަލައިގަނެވޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

776985181 1470305708464751 4024787492857494583 n (1)

ދިއްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނިންމާލައިފި

އައިޔޫއެމްގެ 11 ވަނަ އައިސީއައިއޭގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް

މުދާ ކްލިއާ ކުރުން އަވަސްކުރަން ސާކުގެ ހަތަރު ގައުމަކުން އެއްބަސްވުމެއް

Big Nv8OOB1xc9zRUtp6EqTgFQk8c

މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން މުބާރާތުގެ 4ވަނަ ދިވެހި ދަރިވަރަކަށް