ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗާލު ދިވެހިރާއްޖެ އެވޯޑު: 6 ކެޓަގަރީއެއްގެ ގަދަ 5 ހޮވައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ތަޢާރަފްކުރި “ޗާލު ދިވެހިރާއްޖެ އެވޯޑު”ގެ 6 ކެޓަގަރީއެއްގެ ގަދަ 5 ހޮވައިފިއެވެ.

ޗާލު ދިވެހިރާއްޖެ އެވޯޑަކީ ރަށްރަށުގެ ރައްޔިތުންގެ އިސްނެގުމާއެކު، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ގަދަ 5 ހޮވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަކީބު ވިދާޅުވީ، ދިވެހިރާއްޖެއަކީ ޗާލު ތަނެއް ކަމަށާއި އެ ޗާލުކަމުގެ ވާހަކައަކީ އެންމެންވެސް ދައްކާ ވާހަކައެއް ކަމަށެވެ. އަދި އާންމުކޮށް ގޮނޑުދޮށްތަކާއި މޫދުތަކުގެ ރީތި ވާހަކައިގެ އިތުރުން މުޖުތަމަޢުގައި ހުރި ރީތި ކަންކަން ދައްކާލުމަކީ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދު ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“އާންމުކޮށް ޗާލޭ ބުނީމަ ދެކެވެނީ ގޮނޑުދޮށްތަކުގެ ރީތި ވާހަކައާއި، މޫދުތަކުގެ ރީތި ވާހަކަތައް. އޭގެ އިތުރުން އަޅުގަނޑުމެންގެ މުޖުތަަމައުގެ ހުރި ރީތި ވާހަކަތަކަކީވެސް ދައްކާލަންޖެހޭ ވާހަކަތަކެއް. އެހެންމަ އެކަންތައްތައް ތިބޭފުޅުންނާ ހަމައަށް ގެނެސްދިނުމުގެ މަގުސަދުގައި ގެނެސްދޭ ޕްރޮގްރާމެއް މިއީ” ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަކީބު ވިދާޅުވިއެވެ.

6 ކެޓަގަރީން ގަދަ 5:
އެންމެ ހިތްގައިމު ރަށު މަންޒިލް
* ކަނޑުޖެޓީ, ރ. ރަސްގެތީމު
* ނައިވާދޫ ހޮހޮޅަ އަންޑަވޯޓާ ކޭވް، ހދ. ނައިވާދޫ
* މަތިވެރި ފިނޮޅު، އއ. މަތިވެރި
* ހިތަދޫ ކުޅި، ލ. ހިތަދޫ
* ހަނދު ދަނގެތި، އދ. ދަނގެތި

ރަށު ފަތުރުވެރިކަމުގައި އެންމެ ޒިންމާދާރު ރަށް
* އއ. އުކުޅަސް
* އއ. މަތިވެރި
* ބ. ކުޑަރިކިލު
* އދ. ދިގުރަށް
* އދ. ދަނގެތި

ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް
* އއ. މަތިވެރި
* ބ. ކުޑަރިކިލު
* ދ. ރިނބުދޫ
* އއ. އުކުޅަސް
* ވ. ކެޔޮދޫ

ދެމެހެއްޓެނިވި ތަރައްޤީގާ އެންމެ އީޖާދީ ވިސްނުން ގެންގުޅޭ ރަށް
* އއ. އުކުޅަސް
* ބ. ކުޑަރިކިލު
* އދ. ދަނގެތި
* އއ. މަތިވެރި
* ފުވައްމުލަކު ސިޓީ

އެންމެ އެކުވެރި މުޖުތަމައު
* ހދ. ނާވައިދޫ
* ބ. ކުޑަރިކިލު
* އއ. އުކުޅަސް
* އއ. މަތިވެރި
* ވ. ކެޔޮދޫ

އެންމެ ހިތްގައިމު ގޮނޑުދޮށް
* ގުރައިދޫ ބީޗް، ކ. ގުރައިދޫ
* ހިންނަވަރު ރީތި ބީޗް، ޅ. ހިންނަވަރު
* އުކުޅަސް ނެޗުރަލް ބީޗް، އއ. އުކުޅަސް
* މަތިވެރި ބީޗް، އއ. މަތިވެރި
* މަންދޫ ތުނޑި، އދ. މަންދޫ

މި އެވޯޑަށް ފުރަތަމަ ހުޅުވާލުމުން 6 ކެޓަގަރީއަކަށް 50 ރަށަކުން ކުރިމަތިލިއެވެ. އަދި ފުރަތަމަ ބުރުގެ ނަތީޖާއިން 11 އަތޮޅަކުން 14 ރަށެއް ދެވަނަ ބުރަށް ވަނީ ހޮވިފައެވެ. މި ބުރުގައި ކޮންމެ ކެޓަގަރީއަކުން ގަދަ 5 ހޮވާފައިވާއިރު، ފަނޑިޔާރުން އެ ރަށްރަށަށް ވަޑައިގެން، ހުށަހެޅި ދާއިރާތަކުން މުޖުތަމަޢުތަކުން ކޮށްފައިވާ މަސައްކަތްތައް ބަލައި މާކްސް ދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި އެވޯޑުގައި މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ފަނޑިޔާރުންގެ %60 މާކްސް އަދި އާންމުންގެ ވޯޓުގެ %40 ހިމަނައިގެންނެވެ. ޕީއެސްއެމްއިން ބުނީ މިހާރު ކުރިއަށްދަނީ ނޮމިނީޒްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކަމަށާއި، ވަރަށް އަވަހަށް އާންމު ވޯޓަށް ހުޅުވާލާނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައި އެވޯޑުތައް ދެވިގެންދާނެ ކަމަށްވެސް ޕީއެސްއެމްއިން މަޢުލޫމާތުދެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވުޒާރާތަކާއި އެސްއޯއީތަކުގެ މީޑިއާ ޓީމުތަކަށް ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

ފަންނީ އުފެއްދުންތަކުގެ ޑިޖިޓަލް މާކެޓްޕްލޭސް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފި

ދޫނިއާ ރެކް ސަރަހައްދުގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

އޭއެމްއެސްގައި މީޑިއާ އެކްސެލެންސްގެ ޚާއްސަ އެވޯޑު ޕީއެސްއެމްއަށް