ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަންނީ އުފެއްދުންތަކުގެ ޑިޖިޓަލް މާކެޓްޕްލޭސް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފި

TTH_Ads
STO_Ads
Advertisement

ފަންނީ އެކި އެކި އުފެއްދުންތަކަށް ހާއްސަކޮށްގެން ދިވެހިރާއްޖޭގައި އުފައްދާފައިވާ ޑިޖިޓަލް މާކެޓްޕްލޭސް “ކްރިއެޓޯލް” އިތުރަށް ހަރުދަނާކުރުމަށް ޕީއެސްއެމް އާއި ވިޒިޓް މޯލްޑިވްސް އެކު މަސައްކަތް ފަށައިފިއެވެ.

އެގޮތުން، ޕީއެސްއެމް އާއި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ވަނީ ޕާޓްނާޝިޕެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ޕީއެސްއެެމްގެ މުއްސަނދި އޯޑިއޯ ވިޝުއަލް އަރުޝީފާއި މީޑިއާ ވަސީލަތްތައް ކްރިއެޓޯލް ތެރެއަށް އިންޓަގްރޭޓް ކުރެވިގެންދާނެއެވެ.

MMA_Ads
HajjCop_ads
Advertisement

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ތަސްވީރުތައް، ސަގާފަތް އަދި އުފެންދުންތައް އެއްތަނަކުން ފެންނާނެ ޕްެލެޓްފޯމެއް ގާއިމުވެގެންދާނެއެވެ.

މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބުއެވެ.

ވީއެމްސީން ބުނީ، މި އިސްނެގުމުގެ ދަށުން، ޕީއެސްއެމްގެ އަރުޝީފުގައި ހުރި އަދި މިހާރުގެ މީޑިއާ ތަކެތީގެ ތެރެއިން ހޮވާލެވޭ ފޮޓޯގްރަފީ، ޑޮކިއުމެންޓްރީ، ތާރީޚީ ފޫޓޭޖް، އިންޓަވިއު އަދި ސަގާފީ ލިޔެކިޔުންތައް ކްރިއޭޓޯލް ޕްލެޓްފޯމަށް ފޯރުކޮށްދެވޭނެކަމަށެވެ.

މީގެ އިތުރުން، ގިނަ އަހަރުތަކެއްވީ ދިވެހި ތާރީޚާއި، ތަރިކަ ދައްކުވައިދޭ މި ތަކެތި ސިސްޓަމެޓިކްކޮށް ބަލަހައްޓައި، އަސްލު ދިވެހި އުފެއްދުންތައް ބޭނުންވާ ފަރާތްތަކަށާއި ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ ހާއްސަ ޑިޖިޓަލް މާކެޓްޕްލޭސްއެއްގެ ގޮތުގައި އެ ޕްލެޓްފޯމް ގާއިމްކުރެވޭނެކަމަށް ވީއެމްސީން ބުނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MMA_Ads
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޫނިއާ ރެކް ސަރަހައްދުގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

އޭއެމްއެސްގައި މީޑިއާ އެކްސެލެންސްގެ ޚާއްސަ އެވޯޑު ޕީއެސްއެމްއަށް

އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ފަށައިފި