ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވުޒާރާތަކާއި އެސްއޯއީތަކުގެ މީޑިއާ ޓީމުތަކަށް ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

STO_Ads
TTH_Ads
Advertisement

ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ މީޑިއާ ޓީމުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ‘މާސްޓަރކްލާސް އޮން ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން’ ޕްރޮގްރާމްގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) ގުޅިގެން ހިންގި މި ޕްރޮގްރާމްގެ މައިގަނޑު މަގުޞަދަކީ ދައުލަތުގެ މުއައްސަސާތަކުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން ހަރުދަނާކޮށް، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަކީބާއި ރައީސް އޮފީހުގެ އެސިސްޓަންޓް އަންޑަރސެކްރެޓަރީ މަރްޔަމް ރުޝްދާ ރަޝީދު ފާހަގަކުރެއްވި ގޮތުގައި، މި ތަމްރީނުގެ ސަބަބުން ސަރުކާރުގެ މަސައްކަތްތަކާއި މަޝްރޫއުތަކުގެ މައުލޫމާތު ފުރިހަމަކަމާއެކު އަވަހަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ. އަދި މީގެ ސަބަބުން މައުލޫމާތު ހާމަކުރުމުގެ ނިޒާމު އެއްހަމަވެ، މީޑިއާ މަސައްކަތްތަކުގެ ފެންވަރު މަތިވެގެންދާނެއެވެ.

އެކި ވުޒާރާތަކުން ހަތް ބައިވެރިން ފުރިހަމަކުރި މި ޕްރޮގްރާމް، ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަންނީ އުފެއްދުންތަކުގެ ޑިޖިޓަލް މާކެޓްޕްލޭސް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފި

ދޫނިއާ ރެކް ސަރަހައްދުގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

އޭއެމްއެސްގައި މީޑިއާ އެކްސެލެންސްގެ ޚާއްސަ އެވޯޑު ޕީއެސްއެމްއަށް

އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ފަށައިފި