ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުދާ އައުމުގެ ކުރިން މައުލޫމާތު ބަދަލުކުރުމަށް ރާއްޖެ ހިމެނޭހެން ސަރަހައްދީ ހަތަރު ގައުމަކުން އެމްއޯއައިއެއްގައި ސޮއިކޮށްފި

Geealaa
TTH_Ads
STO_Ads
Advertisement

މުދާ ބޯޑަރަށް އައުމުގެ ކުރިން ކަސްޓަމްސްގެ މައުލޫމާތު ދުރާލާ ބަދަލުކުރުމުގެ އައު އޮނިގަނޑެއް ގާއިމުކުރުމަށްޓަކައި ދިވެހިރާއްޖެ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލްގެ ކަސްޓަމްސް އިދާރާތަކުގެ މެދުގައި މެމޮރެންޑަމް އޮފް އިންޓެންޓް (އެމްއޯއައި) އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާލޭގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ގެ ސައުދަވާނަ ކަސްޓަމްސް ގްރޫޕް ބައްދަލުވުމުގެ ތެރެއިންނެވެ. މިއީ ސަރަހައްދީ ވިޔަފާރި ފުޅާކުރުމަށާއި ކަސްޓަމްސްގެ ކަންކަން އަވަސްކުރުމަށްޓަކައި އެކުލަވާލެވުނު މުހިންމު އޮނިގަނޑެކެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ޑރ. ޔުރެންދުރަ ބަސްނެތެވެ.

HajjCop_ads
Advertisement

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި، މި އައު އޮނިގަނޑުގެ ދަށުން، މި ހަތަރު ގައުމުގެ މެދުގައި އެއް ގައުމުން އަނެއް ގައުމަށް އެތެރެކޮށް ބޭރުކުރާ މުދާ އުފުލާ އުޅަނދު ބަނދަރުކުރުމުގެ ކުރިން، މުދަލާ ގުޅޭ މުހިންމު މައުލޫމާތުތައް ދުރާލާ އެ ގައުމެއްގެ ކަސްޓަމްސް އިދާރާއާ ހިއްސާކުރެވޭނެއެވެ. މީގެ ސަބަބުން ކަސްޓަމްސްގެ ގަވާއިދުތަކަށް އަމަލުކުރުން ހަރުދަނާވެ، ނުރައްކާތައް ދެނެގަތުމުގެ ނިޒާމު ފުރިހަމަވެގެންދާނެއެވެ. އަދި ބޯޑަރު ސަރަހައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ކަސްޓަމްސް އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

މި ނިޒާމުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އަމިއްލަ ސެކްޓަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ކަސްޓަމްސްއިން އިތުރަށް ބުންޏެވެ. މުދަލުގެ މައުލޫމާތު ކުރިން ލިބުމުން ބޯޑަރުގައި މުދާ ލަސްވުން ކުޑަކުރެވި، ލޮޖިސްޓިކްސް ހަރަދުތައް ކުޑަވެގެންދާނެއެވެ. އަދި ސަޕްލައި ޗެއިންގެ ރައްކާތެރިކަން ކަށަވަރުވެ، މުދާ ކްލިއަރކުރުން އަވަސްވެ، ސަރަހައްދީ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެއެވެ.

ސަރުކާރުން ގަބޫލުކުރާގޮތުގައި މިއީ ސަސެކް އޮނިގަނޑުގެ ތެރެއިން ސަރަހައްދީ ގުޅުން ބަދަހިކުރުމަށާއި، ޑިޖިޓަލް ކަސްޓަމްސް ނިޒާމުތައް ތަރައްގީކޮށް ދެކުނު އޭޝިއާ ސަރަހައްދުގެ ބޯޑަރުތައް ހަރުދަނާކަމާއެކު ބެލެހެއްޓުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

customs

ކަސްޓަމްސްގެ އޮފިސަރުގެ ވަޒީފާއަށް 26 މީހުން ހޯދަން އިއުލާނުކޮށްފި

Drugg

ޕޯސްޓް މެދުވެރިކޮށް އެތެރެކުރި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

03

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކެނެބިސް ކަސްޓަމްސްއިން އަތުލައިގެންފި

MPL

ޖޫން މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ