ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމުގެ ނިންމުންތައް ނިންމަނީ ފަންނީ ދިރާސާތަކަށް ބަލައި ނަތީޖާ ނެރެވޭގޮތަށް: ވަޒީރު ޤީލާ

Saeed
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ފަންނީ ދިރާސާތަކާއި ސާބިތު ހެއްކަށް ބަލައި ނަތީޖާ ނެރެވޭނެހެން ކަނޑައަޅާ އަމާޒުތަކެއްކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދުންފަތް ހުއްޓުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ “ދެން ހުއްޓާލަމާ” ކެމްޕެއިނާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުން އިފްތިތާޙުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ދުންފަތުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް އެހެން އެއްވެސް ސަރުކާރަކުން ނުދޭހާ ބޮޑު އަހައްމިއްޔަތުކަމެއް މި ސަރުކާރުން ދެމުން އަންނަކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކަމާގުޅޭ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ތަޢުލީމީ ދާއިރާ އަދި މަދަނީ ޖަމްޢިއްޔާތަކުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ޖެނެރޭޝަނަލް ބޭން ކަނޑައެޅުމާއި، ހުރިހާ ރަށެއްގައި ސިޒޭޝަންގެ ޚިދުމަތް ހިލޭ ލިބޭނެ ގޮތް ހަމަޖެއްސުން ފަދަ މުހިންމު ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައިވާކަމަށެވެ.

HajjCop_ads
Advertisement

ސަރުކާރުން ނިންމާފައިވަނީ ފަސް އަހަރުގެ ޤައުމީ ކެމްޕެއިނެއްގެ ގޮތުގައި “ދެން ހުއްޓާލަމާ” ކެމްޕެއިން ކުރިއަށްގެންދިއުމަށެވެ. މި ކެމްޕެއިންގެ ސިޔާސަތުތައް ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް، ޢަމަލީ މަސައްކަތްތައް ބައްޓަންކުރާނީ މި ބައްދަލުވުމުގެ ތެރެއިން އެކުލަވާލެވޭ މަސައްކަތު ޕްލޭނުގެ މައްޗަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޞިއްޙީ ވުޒާރާއިން ވަނީ ދުންފަތް ހުއްޓުވުމުގެ މަސައްކަތުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށް މާލީ އެހީ ދިނުމަށާއި، އެފަދަ މަސައްކަތްތައް ކުރާ ފަރާތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ނިންމާފައެވެ. މި މަސައްކަތު ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދަނީ ޔުނިސެފާއި ޑަބްލިއުއެޗްއޯގެ އިތުރުން ކަމާގުޅޭ އެކިއެކި މުއައްސަސާތަކާއި ފަންނީ ބޭފުޅުން ގުޅިގެންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނަފުސާނީ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އިޖާބަ ދޭންވީ ވަގުތު ޖެހިއްޖެ: ގީލާ

Geela

ރާއްޖޭގައި އެޗްއައިވީ ޖެހިފައިވާ 52 މީހަކު އެބަތިބި: ގީލާ

Resorts

ހުޅުމާލެ ހޮސްޕިޓަލުގައި ގޭސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ހިދުމަތް ފަށައިފި

Geealaa health minister

ކިހާދޫ ސިއްހީ މަރުކަޒުގެ އިމާރާތް ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ: ވަޒީރު ގީލާ