ކީރިތި ޤުރުއާން ކިޔެވުމުގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ވާދަކޮށް ރާއްޖެ ތަމްސީލުކޮށް މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން 4 ވަނަ ދިވެހި ދަރިވަރަކު ހޯދައިފިއެވެ. މައްކާގައި ބޭއްވި މި މުބާރާތުގެ މި ޝަރަފްވެރި ވަނަ ހާސިލުކުރީ މއ. އަސާސް, އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރުއެވެ. ހަތަރުވަނަ ހޯދާ ފަރާތުގެ އިނާމަކަށް ކަނޑައަޅަފައިވަނީ 170000 ރިޔާލެވެ ރިޔާލެވެ.
އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއީ ދުނިޔޭގައި ބާއްވަމުންދާ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރާތްކަމަށެވެ. އެންމެ ފަހުން މިނިމުނީ މީގެ 46 ވަނަ މުބާރާތް ކަމަށާއި މިމުބާރާތުގައި 133 ޤައުމުން ބައިވެރިވިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަހަރަކީ ތާރީޚުގައި އަންހެން ކުދިން މިމުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުކަމަށް ވިދާޅުވިއެވެ. މީގެކުރީން އަންހެން ކުދިންގެ ގޮތްޕެއް މިމުބާރާތުގައި ނޯވެއެވެ.


މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ ޙަރަމްފުޅުގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. މިހަފްލާ ޝަރަފްވެރިކޮށްދެެއްވީ މައްކާގެ އަމީރުގެ ނައިބު ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ. މިހަފްލާގައި ސައުދީ އިސްލާމިކް މިނިސްޓަރާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ ޢަބްދުއްރަޙްމާނުއް ސުދައިސް ބައިވެވަޑައިގެންނެވިއެވެ. އަދި ޚާއްޞަ މެހްމާނެއްގެ ޙައިސިއްޔަތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ވަނީ މިހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.
ޑރ.ޝަހީމް ވިދާޅުވީ ރާއްޖެ ތަމްސީލު ކުރި ބައިވެރިއަކަށް މިމުބާރާތުން ވަނައެއް ލިބުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއްކަމަށެވެ.








ކިޔުންތެރިންގެ ހިޔާލު