ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޭމަންޑޫ މަގު ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

HP nIIbbEAE82o9
Maldivian_Ads
TTH_Ads
STO_Ads
Advertisement

ކޮޅުމަޑުލު ވޭމަންޑޫ މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އާރްޑީސީން ބުނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ވޭމަންޑޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ހޮޅިތައް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. ވޭމަންޑޫ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގެ މައި 7 މަގު ތަރައްޤީ ކުރާނެއެވެ. އެއީ، އެރަށުގެ މުހިންމު މުވައްސަސާތައް ހުންނަ މަގުތަކާއި، ރަށުގައި އާއްމުކޮށް ބޭނުންކުރާ މަގުތަކެވެ. ޖުމުލަ 3.99 ކިލޯ މީޓަރުގެ މަގު ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް އެކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިއީ 86.7 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

HajjCop_ads
Advertisement

މި އެއްބަސްވުމުގެ ދަށުން މަގު ހެދުމުގެ ސަރވޭތައް ކުރުމާއި، ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. އަދި މަގުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ތާރު އެޅުމާއި، މަގުތަކުގެ ފިނިޝިންގެ މަސައްކަތްތަކާއި މަގުގައި ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ، 2 އަހަރުގެ މުއްދަތުންނެވެ.

މިމަސައްކަތްތަކުގެ ތެރޭގައި ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމާއި، އެ ދެމެދުގައި އޮންނަ ފަޅުރަށް “އެލާ” ފަތުރުވެރިކަމަށް ތަރައްޤީކުރުން ހިމެނެއެވެ. މީގެ ތެރޭގައި މަގު ހެދުމުގެ މަސައްކަތް ނިންމުމާއި، އެރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުން ހިމެނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HNp9PY8bgAAYpeo

ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކްގެ މަސައްކަތް ނިމިއްޖެ

Igmh

ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ސިޔާސީ މަގާމެއްގައި ހުރި މީހަކު ވަޒީފާއިން ވަކިކޮށްފި

ކޯޓު އަމުރާ އެއްގޮތަށް އާރުޑީސީން 16.1 މިލިޔަންގެ ދަރަނި ދައްކައިފި

HGHSwoBagAEomk0

ފޯކައިދޫ މަގުތައް ތަރައްޤީކުރުމަށް ސާރވޭ ފަށައިފި