ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރާ ކަމަށް ފަތުރާ ޚަބަރު ފޮރިން މިނިސްޓްރީން ދޮގުކޮށްފި

Saeed
TTH_Ads
STO_Ads
Advertisement

އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާމެދު މީސްމީޑިއާގައާއި ބައެއް ނޫސްތަކުގައި ފަތުރަމުންދާ ޚަބަރުތަކަކީ ހަގީގަތެއް ނެތް ސައްހަނޫން މައުލޫމާތުތަކެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސިޓީ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދެއްގައި ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމުކުރުމާމެދު ސަރުކާރުން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ގާއިމުކުރުމަކީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނޭގޮތަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ނޫނީ ނިންމޭނެ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، މުޖުތަމަޢުގެ ހަމަޖެހުމަށާއި ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި ނޫސްތަކުންނާއި މީސްމީޑިއާގައި މައުލޫމާތު ފަތުރާއިރު ތެދު އަދި ޒިންމާދާރު މަޢުލޫމާތު ޝާއިޢުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށުނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައެވެ. އެގޮތުން 2021 މެއި 24 ވަނަ ދުވަހު އިންޑިއާގެ ކެބިނެޓުން ވަނީ އެކަން ފާސްކޮށްފައެވެ.

އޭގެފަހުން، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ދެ ގައުމުގައި ކޮންސިއުލޭޓް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މީގެކުރިން ބުނެފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ew

ތިލަމާލެ ބުރިޖު މަޝްރޫއުގެ ސްޕީޑާމެދު އިންޑިއާއިންވެސް ހިތްހަމަނުޖެހޭ ކަމަށް ސަފީރު ވިދާޅުވެއްޖެ

Big kFL03BBZTD9jpNxqDIgnyKnvO

ރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ރަޙުމަތްތެރިކަން ދަމަހައްޓަމުންދާ ދެ ޤައުމު: ނައިބު ރައީސް

BeFunky collage (4)

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސް ތަހުނިޔާ ފޮނުއްވައިފި

Io

ރާއްޖެއާއި އިންޑިއާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު މެރިޓައިމް ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: އިކޮނޮމިކް މިނިސްޓަރު