ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީބީގެ ޑިޖިޓަލް ޚިދުމަތްތައް ރައީސް އިފުތިތާޙު ކޮށްދެއްވައިފި

STO_Ads
TTH_Ads
Advertisement

ލްޑިވްސް ޕްރިމިއަރ ބޭންކް (އެމްޕީބީ)ގެ ޑިޖިޓަލް މަންސަތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް އިފުތިތާޙުކޮށްދެއްވީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަން “އެމްޕީބީ ޕްލަސް” އާއި އިންޓަރނެޓް ބޭންކިންގގެ ޚިދުމަތެވެ. މީގެ އިތުރުން، އެމްޕީބީގެ ފުރަތަމަ ބްރާންޗް ވެސް އިއްޔެ ވަނީ ހުޅުވާފައެވެ.

އެމްޕީބީ އަކީ ސައްތައިން ސައްތަ ދިވެހި، ޓިއަރ 1 ފެންވަރުގެ ބޭންކެކެވެ. އެ ބޭންކުން ބުނިގޮތުގައި، ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ބޮޑެތި ކުންފުނިތަކަށް ޒަމާނީ އަދި އިތުބާރު ހުރި މާލީ ޚިދުމަތްތައް ޑިޖިޓަލް މަންސައެއްގެ ތެރެއިން ފޯރުކޮށްދިނުމަކީ އެ ބޭންކުގެ މައިގަނޑު އަމާޒެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އެއްބާރުލުންދީ، ބައިނަލްއަޤުވާމީ މާލީ ފުރުޞަތުތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް ބޭންކުން ހާމަކުރެއެވެ.

HajjCop_ads
Advertisement

ރޭގެ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މަރުކަޒީ ބޭންކުގެ ގަވަރނަރ އަޙްމަދު މުނައްވަރާއި، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެމްޕީބީގެ ހިއްސާދާރު މުޙައްމަދު ޢަލީ ޖަނާޙްގެ އިތުރުން، ބޭންކުގެ ބޯޑު މެންބަރުންނާއި މާލީ ދާއިރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

469652 34ceb1d3 7 (1)

އުތީމުގައި ތަރައްޤީކޮށްފައިވާ ތާރީޚީ “ވާހަކަ ވައު” ރައީސް ހުޅުއްވައިދެއްވައިފި

BeFunky collage (4)

އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސް ތަހުނިޔާ ފޮނުއްވައިފި

469277 c834d1c2 0

ދިވެހި ވެށި، ދިވެހީންގެރާއްޖެ، ދިވެހީންގެ ޤައުމު، ދިވެހީންނަށް ވަރަށް ފުންކޮށް އެނގެންޖެހޭނެ: ރައީސް

469274 41f7268a 2 (1)

ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ ސީރަތުން ލިބިވަޑައިގަންނަވާކަމުގައި ރައީސް ވިދާޅުވެއްޖެ