އުމާނަށްވެސް ބޮން އަޅަން ޖެހިދާނޭ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުމާނަށްވެސް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.
ފޮކްސް ނިއުސްއަށް ދިން އިންޓަރވިއުއެއްގައި އެމެރިކާގެ ރައީސް ބުނީ، ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން ކުރަމުންދާ މަސައްކަތާއި، އީރާނުގެ ބަނދަރުތައް ބްލޮކްކުރަން އެމެރިކާއިން ކުރާ މަސައްކަތްތަކުގެ ހުރަކަށް އުމާން ވާނަމަ އުމާނަށްވެސް ބޮންއަޅާނޭ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްވަނީ، އުމާންގެ އިތުރުން އީރާނަށް އިޝާރާތްކޮށް ވަރަށް ހަރުކަށި ބަސްތަކެއް ބޭނުންކޮށްފައެވެ.

ޓްރަމްޕް އުމާނަށް އިންޒާރު މިދިނީ، ހޮރްމޫޒު މެނޭޖްކުރުމާ ގުޅޭގޮތުން އީރާނާއި އުމާނާ ދެމެދު ވަކިން މަޝްވަރާތަކެއް ކުރިއަށްދާ ވަގުތެއްގައެވެ.
އެކަމަކު ހޮރްމޫޒާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ ހޮރްމޫޒާ ގުޅޭ އެއްވެސް ކަމެއްގައި އެމެރިކާއާ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.
އެމެރިކާއާ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް އީރާނުން ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް މިއަދު ބުނީ، އީރާނުގެ އިންގިލާބީ ލަޝްކަރާއި އެމެރިކާއާ ދެމެދު “ފަރުދާގެ ފުރަގަހުގައި” ވާހަކަތައް ކުރިއަށްދާ ކަމަށާއި، އެހެންވެ އަވަސް އަރުވާލައިގެން އީރާނަށް ހަމަލާދޭން އޭނާ ބޭނުން ނުވާ ކަމަށެވެ.
ޓްރަމްޕް ބުނީ، އީރާނު މިހާރު ބަލިކަށިވެ ނިކަމެތިވަމުންދާ ކަމަށާއި، އެންމެ ބުއްދިވެރި ގޮތަކީ އީރާނު ވީހާވެސް އަވަހަކަށް އަމާންދިނުން ކަމަށެވެ.








ކިޔުންތެރިންގެ ހިޔާލު