ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯލްޑް ޓްރެވަލް އެވޯޑުގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް ހަމަޖައްސައިފި

TTH_Ads
STO_Ads
Advertisement

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ “ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026” ގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް ޢާއިޝަތު ޝިރާނީ ނާސިރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އޮފް އެއަރ ސަރވިސް ޑިވެލޮޕްމަންޓް ނަޝާޔާ ޢަބްދުލް ވާޙިދެވެ.

ވީއެމްސީ އިން މައުލޫމާތު ދިން ގޮތުގައި މި އެއްބަސްވުމުގެ ދަށުން، ވާރލްޑް ޓްރެވަލް އެވޯޑްސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބްރޭންޑިންގ އަދި ޕްރޮމޯޝަނަލް އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެ، އެވޯޑް ހަފްލާގެ އިންތިޒާމުތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ވީއެމްސީއިން ގަބޫލުކުރެއެވެ.

HajjCop_ads
Advertisement

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ އެއަރ ސަރވިސް ޑިވެލޮޕްމަންޓް، ނަޝާޔާ ޢަބްދުލްވާޙިދު ވިދާޅުވީ، ވާރލްޑް ޓްރެވަލް އެވޯޑްސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު މި ޕާޓްނަޝިޕް ޤާއިމުކުރެވިގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރަސްމީ އޭވިއޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔައި، ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމާއެކު، ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ ފަޚުރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މި އެއްބާރުލުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖޭގެ ނަން އިތުރަށް ވަރުގަދަކޮށް، ފަތުރުވެރިކަމުގެ ސިނާޢަތް މެދުކެނޑުމެއްނެތި ކުރިއެރުވުމަށް ދެފަރާތުން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ނަޝާޔާ ފާހަގަކުރެއްވިއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން ސަރަހައްދުގެ ހަފްލާ ރާއްޖޭގައި ބޭއްވުމަކީ، ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށާއި، މި ސިނާއަތުގެ ޕްރޮފެޝަނަލް ނެޓްވޯކްތައް ބަދަހިކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަޤާމު ދެމެހެއްޓުމަށް ލިބިގެންދާ އަގުހުރި ފުރުސަތެއް ކަމަށް ވީއެމްސީއިން ގަބޫލުކުރެއެވެ.

ވިޒިޓް މޯލްޑިވްސްއިން އިން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މިފަދަ ބައިނަލްއަޤުވާމީ ޕާޓްނަރޝިޕްތަކުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގެ ހަރަކާތްތައް ރާއްޖޭގައި އިންތިޒާމުކުރުމުގެ ޤާބިލުކަން އިތުރުވެ، ރާއްޖެއަކީ ދުނިޔޭގެ އެއްވަނަ މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހިތްވަރަކާއި ކުރިއެރުމެއް ލިބިގެންދާނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭވިއޭޝަން އިންސްޓިޓިއުޓްގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެ

velana airport

ވީއައިއޭ އާއި މާމަހި އެގްޒެކެޓިވް ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑަށް ނޮމިނޭޓްވެއްޖެ

velana airport

ވެލާނާ އެއާޕޯޓުގެ ޖެޓީ ބޭނުންކުރާއިރު ހާއްސަ ހުއްދައެއް ނަގަންޖެހޭ އުސޫލަށް އަމަލުކުރަން ފަށައިފި

Umra hajj cooperation

އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައިފި